ޑިމޮކްރެޓްސްއިން ބުނީ އއ. އަތޮޅު ކައުންސިލުގެ ރައީސް ހުސައިން އަރުސަލް އާއި ތޮއްޑޫ ކައުންސިލުގެ ދެ މެންބަރުން ކަމަށްވާ އަލީ އާދަމާއި އައިޝަތު ޖުނެއިދާ އެ ޕާޓީ އާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. މިއަދު ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ތިން ކައުންސިލަރުން މީގެ ކުރިން ތިއްބެވީ ވެެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައެވެ.
އއ. އަތޮޅު ކައުންސިލުގެ ރައީސް އާއި ތޮއްޑޫ ކައުންސިލުގެ ދެ މެންބަރުން ޑިމޮކްރެޓްސް އާ ގުޅިފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން ތޮއްޑުއަށް ވަޑައިގަތުމާ އެކުގައެވެ.
އއ. އަތޮޅު ކައުންސިލުގެ ރައީސް އާއި ތޮއްޑޫ ކައުންސިލުގެ ދެ މެންބަރުން ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފައިވަނީ މިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާން ޑިމޮކްރެޓްސްގައި ހުންނެވުމަށްފަހު ކުއްލި ގޮތަކަށް އަލުން އެމްޑީޕީ އާ ގުޅިވަޑައިގެންފައި ވަނިކޮށެވެ.
ޑިމޮކްރެޓްސްއަށް އއ. އަތޮޅާއި އދ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލް މެންބަރުން ސޮއިކުރެއްވި ނަމަވެސް ބައެއް ކައުންސިލަރުން ވަނީ އަލުން އެމްޑީޕީ އާ ގުޅިވަޑައިގެންފައެވެ.