ads
އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް: ގޭމިން ޕެކް މެދުވެރިކޮށް ހަލުވި ސްޕީޑާ އެކު، ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1ޓީބީ ޑޭޓާ ލިބޭނެ
އުރީދޫން ގޭމަރުންނަށް ސަޅި ޕްލޭނެއް، 100 އެމްބީޕީއެސް ސްޕީޑްގައި 1 ޓީބީ
ގޭމަރުންނަށް ސަޅި 5ޖީ އެއާފައިބާ މެދުވެރިކޮށް، 100 އެމްބީޕީއެސް ސްޕީޑްގައި 250 ޖީބީ ޑޭޓާ ލިބޭ މި ޕްލޭނަކީ ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެކެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް، ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށްފަހުވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދާނެ ކަމަށެވެ. އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާ އެކު، ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1ޓީބީ ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. މި ޕްލޭން އެކްޓިވޭޓްކޮށްލުމަށް http://ore.do/5gamers ޒިޔާރަތްކޮށްލާށެވެ.

އުރީދޫން ބުނެފައިވަނީ ގޭމް ކުޅުމަށް ޝައުގުވެރިވާ ކުޑަކުދިންނަށް ހާއްސަކޮށް އެ ކުންފުނީގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އުރީދޫ ނޭޝަން ޕްލެޓްފޯމަށް ވަނީ ނޭޝަން ކްލަބް ތައާރަފުކޮށްފައި ކަމަަށެވެ. އުރީދޫ ނޭޝަން ވެބްސައިޓް މެދުވެރިކޮށް ވަދެވޭ މި ގޭމްސް ކްލަބްގައި ޑިޒްނީ ބްރޭންޑްގެ ގޭމްތަކުގެ ހިތްގައިމު ކަލެކްޝަނަކާ އެކު 100 އަށް ވުރެ ގިނަ ގޭމްތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި ވަރަށް ހެޔޮ އަގެއްގައި މި ހިދުމަތް ލިބޭއިރު ކަސްޓަމަރުންނަށް ޑެއިލީ، ވީކްލީ އަދި މަންތްލީ މި ޕްލޭންތައް ނެގޭނެ ކަމުގައެވެ.

  • ޑެއިލީ ސަބްސްކްރިޕްޝަނަށް: 24 ގަޑިއިރަށް 2 ރުފިޔާ
  • ވީކްލީ ސަބްސްކްރިޕްޝަނަށް: 7 ދުވަހަށް 10 ރުފިޔާ
  • މަންތްލީ ސަބްސްކްރިޕްޝަނަށް: 30 ދުވަހަށް 20 ރުފިޔާ

your imageގޭމިން ޕެކް މެދުވެރިކޮށް ހަލުވި ސްޕީޑާ އެކު، ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1ޓީބީ ޑޭޓާ ލިބޭނެ - ފޮޓޯ:އުރީދޫ

ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ސަބްސްކްރިޕްޝަން ފީ ދެއްކޭއިރު، ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށް އެއްކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ މި ޕްލެޓްފޯމަށް ސަބްސްކްރިބް ކުރާ ފަރާތްތަކަށް އޮޓޯއިން ސަބްސްކްރިޕްޝަން އާ ވާ ގޮތަށްވެސް ހެދޭނެ ކަމަށެވެ. ސަބްސްކްރައިބްކޮށްލުމަށް http://ore.do/gameclub ޒިޔާރަތްކޮށްލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް