ޓީޓީގައި 2019 ވަނަ އަހަރުވެސް ފައިނަލުގައި ކުޅުނީ ދީމާއާ ރަފާއެވެ. އެ ފަހަރުވެސް މި ދެ އެތްލީޓުން ވަނީ ރާއްޖެއަށް ރަން މެޑަލްއާ ރިހި މެޑަލް ކަށަވަރުކޮށްދީފައެވެ.
ޓީޓީ އަންހެނުންގެ ސިންގަލްސް ފައިނަލުން ދީމާ ފުރުސަތު ހޯދީ، މޮރިޝަސްގެ ކުޅުންތެރިޔާ ސީދާ ހަތަރު ގޭމުން ބަލިކޮށްގެނެވެ. އެއީ 11-6، 11-3، 11-0 އަދި 12-10 ން މެޗު ކާމިޔާބުކޮށްގެނެވެ.
ޓީޓީ ފައިނަލަށް ރަފާ ދިޔައީ ސެމީ ފައިނަލްގައި 4-1 ން މޮރިޝަސް ކުޅުންތެރިޔާ ބަލިކޮށްގެނެވެ. އެއީ، 11-7، 12-10، 11-6، 11-9 އަދި 11-9 ންނެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސިންގަލްސް ފައިނަލުން ދިވެހި ދެ ކުޅުންތެރިން ފުރުސަތު ހޯދިއިރު، ޑަބަލްސްގެ ރަން މެޑަލް ހާސިލް ކުރީ މި ދެ ކުޅުންތެރިން ހިމެނޭ ޕެއާއިންނެވެ.