ދީމާ ޗެމްޕިއަންކަން ހޯދައި ރަން މެޑަލް ދިފާއުކުރީ، އަންހެން ޑަބަލްސް ކުޅޭއިރު ބައިވެރިވާ އައިޝަތު ރަފާ ނާޒިމާ ވާދަކޮށެވެ. 2019 ވަނަ އަހަރުގެ ފައިނަލުގައިވެސް ކުޅުނީ މި ދެ ކުޅުންތެރިންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ 11-2 އިން ރަފާ އެވެ. ޖެހިގެން އައި ތިން ސެޓު 12-14، 9-11، އަދި 7-11 އިން ކާމިޔާބުކޮށް ދީމާ ލީޑު ނެގި އެވެ. ފަސް ވަނަ ސެޓު ރަފާ ހޯދީ 11-8 އިންނެވެ. ޖެހިގެން އައި ސެޓު 8-11 އިން ކާމިޔާބުކޮށް މުބާރާތުގެ ސިންގަލްސް ރަން މެޑަލް ހޯދައިފަ އެވެ.
ސިންގަލްސް ރަން މެޑަލް މިއީ ދީމާ މި އަހަރު ގެ ގޭމްސްގައި ހޯދި ތިން ވަނަ ރަން މެޑައްޔެވެ. އޭނާ ވަނީ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި އަންހެން ޓީމު އިވެންޓުގެ ރަން މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން މިކްސް ޑަބަލްސް ލޯ މެޑަލް ވެސް އޭނާ ހޯދި އެވެ.