ނަބާ އަދި ނަބީ ފައިނަލަށް ދިޔައީ މިއަދު ކުޅުނު ސެމީ ފައިނަލުގައި މޮރިޝަސްގެ ޕެއާއެއް ސީދާ ދެ ސެޓުން ބަލިކޮށްގެނެވެ. އެއީ 21-11 އަދި 21- 16 އިންނެވެ.
އަންހެން ޑަބަލްސް ފައިނަލް މެޗު އޮންނާނީ މާދަމާއެވެ. ފައިނަލުގައިވެސް ކުޅޭނީ މޮރިޝަސްގެ ޕެއާއަކާ ދެކޮޅަށެވެ.
ނަބީ އަދި ނަބާގެ ޕެއާއިން ފައިނަލަށް ދިޔުމުން ބެޑްމިންޓަން އަންހެން ޑަބަލްސްގެ ދަށްވެގެން ރިހި މެޑަލް ދިވެހި ރާއްޖެއަށްމިވަނީ ކަށަވަރުވެފައެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ޓީމު އިވެންޓް ބައިންވެސް ދިވެހި އަންހެން ޓީމުން ރިހި މެޑަލް ހޯދައިފިއެވެ.