ads
އިމްރާން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ---ފޮޓޯ:އެމްޑީޕީ
ޑރ. މުއިއްޒު އުޅުއްވަނީ ޓިކެޓު ވަގަށް ނަންގަވައިގެން، ޔާމިން މިނިވަނެއް ނުކުރާނެ: އިމްރާން
ޑރ މުއިއްޒު އެ އުޅުއްވަނީ ޓިކެޓު ވަގަށް ނަގައިގެން ކަމަށާއި ވެރިކަން ލިބުނަސް ރައީސް ޔާމީން މިނިވަން ނުކުރާނެ ކަމުށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހްގެ "އުފާވެރި މާލެ" ކެމްޕޭން ސިޔާސަތު އާންމު ކުރުމުގެ ބޮޑު ޖަލްސާގައި ޝައިޚް އިމްރާން ވިދާޅުވީ މުއިއްޒު އަކީ "ކުޑަކުއްޖެއްހެން ރޮމުން ސަރުކާރުން ވަޒީފާއެއްވެސް ހޯދަން އައި" މީހެއް ކަމަށެވެ.  

"މުއިއްޒުގެ ސިޔާސީ ހަޔާތް ފެށުނީ އަދާލަތުގެ ހާލިން. ވަޒީފާއެއް ހޯދުމަށް އެދި އަޅުގަނޑު ކައިރީ ކުޑައްކުއްޖެއް ރޯހެން ރޮމުން އައި. އެގޮތުން ވަހީދުގެ ސަރުކާރުގެ މިނިސްޓަރުގެ މަގާމު ހަމަޖެހިގެން ދިޔައީ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު ދެން ދިޔައީ ޝިޔާމުގެ ފައިބުޑަށް" ޝައިހް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވާހަކަ ދައްކަވަމުން ފާހަގަކުރެއްވީ، މިގައުމު ނުހުއްޓި ކުރިޔަށްދާން އޮތީ ރައީސް އިބޫ ހޮވައިގެން ކަމަށެވެ. ޖަލުތަކުގެ އަނިޔާވެރިކަން އިޔާދަ ނުވުމަށް އެދޭނަމަވެސް ރައީސް އިބޫ ހޮވަންޖެހޭ ކަމަށެވެ. 

އިމްރާންގެ ވާހަކާގައި ރައީސް ޔާމީނުގެ ވެރިކަމުގައި ކަންކަން ކުރެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކިއެވެ. އެގޮތުން ހުރިހާ ސިޔާސީ ލީޑަރުން ބަންދުކޮށް ޖަލައްލި ކަމަށާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ޔާމީނު ސަރުކާރުގެ ނައިބު ރައީސުންނާ ބައެއް މިނިސްޓަރުންވެސް ޖަލަށްލި ކަމަށެވެ. އެފަދަ ކަމެއް އިޔާދަވުމަކަށް ނޭދޭ ކަމަށްވެސް ވިދާޅުވިއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް