ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ރައްޔިތުން ދަތިވެގެން އެކަމެއް ނުވެގެން ވިދާޅުވި ކޮންމެ ކަމެއް މެނިފެސްޓޯގައި ހުންނާނީ ހިމަނާފައި ކަމަށެވެ.
ރޮޒޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ މި ދައުރަށްވުރެ މާބޮޑު މާ ރަނގަޅު މެނިފެސްޓޯ އެއް ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވޭނެ ފަސްއަހަރެއް ކަމަށެވެ.
އެގޮތުން މި ހިނގާ ދައުރަށްވުރެ މެނިފެސްޓޯ ރަނގަޅުގޮތުގައި ތައްޔާރު ކުރެވިފައިވާ ކަމަށާއި، މިއީ އަހައިގެން ބުނެގެން ތައްޔާރުކޮށްފައިވާ މެނިފެސްޓޯ އެއް ހިފައިގެން ނުކުންނަ ފަހަރެއް ކަމަށެވެ.
ހާއްސަކޮށް އަންހެނުން އެނދުނު ކަންތައްތަކާއި ގުޅޭ ގޮތުން އިތުރަށް ރޮޒޭނާ ވިދާޅުވީ ކުޅިވަރު ކުޅޭނެ ދަނޑުތަކާއި، ޓިއުޝަން ދޭނެ ޖެހޭ ކުދިންނަށް ޓިއުޝަން ދެވޭނެ ގޮތް ވެސް މެނިފެސްޓޯ ތެރެއިން ހަނދާދީފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ވަޒީފާ އަށް ދާ މައިންނަށް ތުއްތު ދަރިން ބަހައްޓަދޭން ޑޭކެޔާ ސެންޓަރުތަކާއި، ސުކޫލުތަކަށް ކުދިން އުފުއްލޭނެހެން ބޮޑެތި ބަސްތައްވެސް ރަށްރަށުގައި ބެހެއްޓޭނެ ގޮތް ހަނދައިދެވޭނެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.