ads
ޝައްފާން - ފޮޓޯ އެމްއޯސީ
އައިއޯއައިޖީ: ފިރިހެން ސިންގްލްސް ރިހި މެޑަލް ޝައްފާނަށް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެން ސިންގަލްސް ރިހި މެޑަލް މުހައްމަދު ޝައްފާން އިސްމާއިލް ހޯދައިފި އެވެ.
Advertisement

މިއީ ބައިނަލްއަގްވާމީ މުބާރާތެއްގެ ފިރިހެން ސިންގަލްސް އިވެންޓެއްގެ ފައިނަލުން ފުރަތަމަ ފަހަރަށް ދިވެހި ކުޅުންތެރިއަކު ހޯދި ރިހި މެޑަލްއެވެ. ޝައްފާން ރިހި މެޑަލް ހޯދީ، ފައިނަލުގައި މަޑަގަސްކަރާގެ ނަޓިވެލް ޖޮނަތަންއާ ދެކޮޅަށް ކުޅެއެވެ. މި މެޗުން ޝައްފާން ބަލިވީ 4-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ތިން ސެޓު 6-11، 8-11 އަދި 5-11 އިން ޝައްފާނަށް ގެއްލުނެވެ. އެހެން ނަމަވެސް ޖެހިގެން އައި ސެޓު ޝައްފާން 13-11 އިން ކާމިޔާބުކުރި އެވެ. ދެން އައި ސެޓުން ޝައްފާން މޮޅުވީ 11-9 އިންނެވެ. ފަހު ސެޓު 6-11 ގެއްލުނީއެވެ.

މުބާރާތުގެ ފައިނަލަށް ޝައްފާން ދިޔައީ ސެމީ ފައިނަލްގައި މޮރީޝަސްގެ ޗަން ޔޫކް 4-1 ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ނިމުނީ 11-1، 7-11، 11-4، 11-8 އަދި 11-7 އިންނެވެ.

ޓޭބަލް ޓެނިހުން މިހާތަނަށް އެންމެ ގިނަ ބައިނަލްއަގްވާމީ ކާމިޔާބީތައް ހޯދައިދިން ގޭމްސްގައި މި އަހަރަކީ ފިރިހެން ޓީޓީ އަށް ހާއްސަ އަހަރެކެވެ. އމި އަހަރުގެ ގޭމްސްގައި ފިރިހެން ޓީމުގެ އެތުލީޓުން ވަނީ ތިން އިވެންޓެއްގައި ފަސް މެޑަލް ހޯދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް