ދިވެހި ޕެއާއިން ރަން މެޑަލް ހޯދީ، މިއަދު ކުޅުނު ފައިނަލް މެޗުގައި ސީދާ ދެ ސެޓުން މޮރިޝަސްގެ ޕެއާ ބަލިކޮށްގެނެވެ. އެއީ، 21-14 އަދި 21- 15 އިންނެވެ.
މި އަހަރުގެ އައިއޯއައިޖީގައި ބެޑްމިންޓަން ޓީމުން މިއަދުގެ ރަން މެޑަލްތައް ހޯދުމާ ހަމައަށް ކުރިން ދެ ރިހި މެޑަލް ހޯދި އެވެ. އެއީ އަންހެން ޓީމް އިވެންޓުންނާއި ފިރިހެން ޓީމް އިވެންޓުންނެވެ.
ރަން މެޑަލް ހޯދި ދެބެން، ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި މޮރީޝަސްގެ ވިލީނާ އަޕިއާ އާއި ޓިއާ ބުރުތުން ސީދާ ދެ ގޭމުން ބަލިކޮށްނެވެ.