ads
ހ. ރަތްކުންނާރުގެ، އާރިޝް ޝިޔާމް (29އ) ފޮޓޯ/ފުލުހުން
ޑްރަގު ޓްރެފިކް ކުރި މީހަކު ކޯޓަށް ހާޒިރު ކުރަން ހޯދަނީ
ޑްރަގު ޓްރެފިކް ކުރި މީހަކު ކޯޓަށް ހާޒިރު ކުރަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ޑްރަގު ޓްރެފިކް ކުރި މައްސަލައެއްގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހޯދަން އިއުލާން ކޮށްފައިވަނީ ކ. މާލެ / ހ. ރަތްކުންނާރުގެ، އުމުރުން 29 އަހަރުގެ އާރިޝް ޝިޔާމް އެވެ.

ފުލުހުން ބުނީ އޭނާ ހޯދުމަށް އެދިފައިވަނީ ދައުލަތުން ދައުވާ ކުރާ މަސްތުވާއެއްޗަށް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލަ އާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ.

ކޯޓަށް ހާޒިރު ކުރަން ބޭނުންވެ އާރިޝް ޝިޔާމް ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން މާދަމާ 11:15 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ އާރިޝް ޝިޔާމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ މައުލޫމާތު  ހިއްސާ ކުރުމަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް