ads
ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން
ބެލިންހަމްގެ ލަނޑުން ރެއާލްއަށް މޮޅެއް
ސްޕެނިޝް ލީގުގައި ގެޓާފޭ އާއި ބައްދަލުކުރި މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރެއާލްގެ ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ގެޓާފޭއިންނެވެ. ލޯނު އުސޫލުން ގެޓާފޭއަށް ގެނައި މޭސަން ގްރީން ވުޑް ސްކޮޑުގައި ނުހިމަނާ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓުގައި ލަނޑުޖަހާ ގެޓާފޭއަށް ލީޑު ނަގައިދިނީ ބޯޖާ މަޔޯރާލްއެވެ. 

ރެއާލްއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޮސެލޫއެވެ. އަދި މެޗުން މޮޅުވި ލަނޑު، މެޗުގެ ފަހު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަންގައި ރެއާލް އާއި ގުޅުނު ޖޫޑް ބެލިންހަމްއެވެ. 

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ރެއާލްއިން ތާވަލުގެ އެއްވަނާގައި އޮތީ ޖުމްލަ 12 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ތިން މެޗުން ލިބެނީ ހަތް ޕޮއިންޓެވެ. މެޗުން ބަލިވި ގެޓާފޭ އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ މަގާމުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް