ފާރިސް މިގޮތަށް ވިދާޅުވީ މިރޭ ސަންގު ޓީވީން އިންތިޒާމު ކޮށްގެން ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މީގެ އިތުރުން ފާރިސްގެ ވާހަކާގަައި ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން ވިދާޅުވީ އިޒްރޭލް ފިޔަވައި ހުރިހާ ގައުމަކާއި ގުޅުން ބާއްވާނެ ކަމަށެވެ. އަދި ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކު ރާއްޖޭއިން ދިޔުމަށް އެންގުމުން ނުގޮސްތިބިނަމަ އެއީ އެމީހުންނާ ދެކޮޅަށް ނުކުންނަންޖެހޭ ކަމެއް ކަމުގައިވެސް ފާރިސް ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހުގައިވެސް ބޭރުގެ ފަރާތްތަކުގެ އެހީގައި ރާއްޖެއަށް ގެއްލުންދީފައިވާކަން ފެންނަންހުރި ކަމުގައި ފާހަގަކުރައްވާ ފާރިސް ވިދާޅުވީ ރާއްޖޭގެ އެކަންކަމަށް ހައްލު ފާރިސްގެ ސަރުކާރެއްގައި ގެންނަވާނެ ކަމަށެވެ.