ads
ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ފައިސާތަކުގެ ސްކްރީންޝޮޓެއް - ފޮޓޯ:ސޯޝަލް މީޑިއާ
އާންމުވެގެން އުޅޭ ވީޑިއޯއިން ފެންނަނީ ބެންކަކުން އެތެރެކުރި ޑޮލަރު: ކަސްޓަމްސް
ކަސްޓަމްސްގެ އޮފިސަރުންތަކެއް ގޮތް ނޭނގޭ ޑޮލަރުތަކެއް ކްލިއަކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ރާއްޖޭގައި ހިންގާ ބޭންކަކުން ހުއްދަ ނަގައިގެން އެތެރެކުރި ޑޮލަރުތަކެއް ކްލިއަކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
Advertisement

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަނީ ޑޮލަރު އަޅާފައިވާ ފޮއްޓަކުން، އެ ޑޮލަރުތައް ނަގާ ކަސްޓަމްސްގެ މުވައްޒަފަކު ޗެކް ކުރަމުންދާ މަންޒަރެވެ. އެ ވީޑިއޯ ޕޯސްޓްކޮށް ސޯޝަލް މީޑިއާގައި ހަބަރު ފަތުރާފައިވަނީ، އެ ޑޮލަރަކީ އަވަށްޓެރި ގައުމަކުން ނުގަވާއިދުން އެތެރެކޮށްފައިވާ ފައިސާ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ކަސްޓަމްސްއިން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ފައިސާއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން، ބޭންކުތަކުން އަމަލުކުރަން ކަނޑައެޅިފައިވާ އިޖްރާއަތްތައް ފުރިހަމަކޮށް، އެ ސާވިސްއަށް ޑިކްލެއަކޮށްގެން، އެތެރެކޮށްފައިވާ ފައިސާ ކަމަށެވެ.  

މިފަދަ ވީޑިއޯތައް އާންމުންނަށް ހަގީގަތް އޮޅޭގޮތަށް ނުފެތުރުމަށް ކަސްޓަމްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް