ads
ގާސިމް އިބްރާހިމް...
600 މިލިއަން ޑޮލަރު ގުރާންޓްގެ ގޮތުގައި ހޯދާނަން: ގާސިމް
އެމަނިކުފާނުގެ ވެރިކަމެއްގައި 600 މިލިއަން ޑޮލަރު ގުރާންޓްގެ ގޮތުގައި ހޯދާނެ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި 600 މިލިއަން ޑޮލަރު ގުރާންޓްގެ ގޮތުގައި ހޯދާނެ ކަމަށެވެ. ގާސިމް މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބާއި ގުޅުވައިގެން ސަންގު ޓީވީން ބާއްވާ "ރިޔާސީ ސަންގު ބަހުސް" ގައި ހުރިހާ ކެންޑިޑޭޓުންނަށް އަމާޒުކޮށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ސުވާލުގައި އަމާޒު ކުރެއްވީ އަދުގެ އިގްތިސޯދީ ހާލަތާއި 2026 ވަނަ އަހަރު ރާއްޖެ ބަގުރޫޓްވެދާނެ ކަމަށް މާހިރުން ކުރާ ލަފާގެ މައްޗަށެވެ.

ގާސިމް ވިދާޅުވީ މީގެ ކުރީގެ ވެރިކަންތަކުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށާއި، ކޮރަޕްޝަންތައް މަގުފަހިވެފައިވާ މިންވަރު ކުޑަކުރާނެ ކަމަށެވެ.

"ރިޔާސީ ދައުރުގައި އާމްދަނީ އިތުރު ކުރެވޭތޯ މަސައްކަތް ކުރައްވާނީ" -ގާސިމް-

އަދި އެ ބަހުސްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރެއްގައި، އާމްދަނީ ހޯދުމައްޓަކާއި، ތަފާތު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

އެގޮތުން 600 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި ހޯދާނެ ކަން ފާހަގަކުރެއްވިއެވެ. އެކަންކުރެވޭނެކަން ޔަގީން ކުރެވޭ ކަމަށާއި، ތަފާތު ރޮގުތަކުން މިހާރު ހުރި ޓެކްސްގެ ނިޒާމް ބަދަލު ކުރާނެ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޓެކްސްގެ ނިޒާމް އެއް އުސޫލަކަށް ފައްތާނެ ކަމަށާއި، އިތުރު ޓެކްސްއެއް ނަނގާނެ ވިސްނުމެއް އަދި ނެތް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. މިހާރު ހުރި ޓެކްސް ނަގާ ދާއިރާތައް ހާމަނައިޒު ކުރާން ކަމަށްވެސް ގާސިމް ވިދާޅުވެފައެވެ.

މިއާއިއެކު އިމްޕޯޓް ޑިއުޓީވެސް ހާމަނައިޒު ކޮށް، ވެފައިވާ ވައުދުތަކާއި އެެއްގޮތަށް އަމަލު ކުރާނެ ކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް