ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމިކަން ހާމަކޮށް ޓީމުން ނެރުނު ބަޔާނުގައި ބުނީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތައް ހޯދާ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުތަކުގެ އެއްބާރުލުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
ކޮންމެ ފަސް އަހަރަކުން އިންތިހާބު ކުރާ ރައީސް އިންތިހާބު ކުރުމުގައި މަސައްކަތްތެރިންގެ ދައުރެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ޓީމުން ބުނެއެވެ. ޓީމުން ބުނެފައިވަނީ ސަރުކާރުތަކުން އެކުލަވާލާ ސިޔާސަތުތަކަށް ބަސްކިޔާ، މަޝްވަރާކޮށް އެ ސިޔާސަތުތަކަކީ އެ ދާއިރާއެއްގެ މަސައްކަތްތެރީންނަށް އެންމެ ފައިދާ ހުރި ސިޔާސަތުތައްތޯ ދެނެގަނެ، އެ ކަންކަމުގެ މައްޗަށް ބިނާކޮށް ވޯޓު ދިނުމުގައި ގޮތެއް ނިންމުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
ރައީސް ސޯލިހުގެ ފަސް އަހަރަކީ މީގެ ކުރީގެ އެއްވެސް ދައުރެއްގައި ކޮށްދީފައި ނުވާ މިންވަރަށް ރިސޯޓުތަކުގެ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެެރިކޮށްދިނުމަށް މަސައްކަތްކޮށް އެއްބާރުލުންދީފައިވާ ފަސް އަހަރު ކަމުގައި އެ ޖަމިއްޔާއިން ގަބޫލުކުރާ ކަމަށް ޓީމުން ބުނެއެވެ. ޓީމުން ބުނި ގޮތުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތްކޮށް، ރައްކާތެރިކޮށްދިނުމަށް ސީދާ ގޮތުން ގިނަ ކަންތައްތަކެއް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ ކަމުގައެވެ. އެގޮތުން،
ޓީމުން ބުނީ އެ ޖަމިއްޔާގެ ގިނަ މެންބަރުން އެ ކަންކަން ބަލައިގަންނަ ކަމަށާއި ކުރިއަށް އޮތް ދައުރުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީންނަށް ހާއްސަކޮށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލާފައިވާތީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމީ ކަމަށެވެ.
ރިސޯޓް މުވައްޒަފުންނަށް ކުރިއަށް އޮތް ދައުރު ރައީސް ސޯލިހު ވެފައިވާ މުހިންމު ވައުދުތަކަކީ:
ފަތުރުވެެރިކަމުގެ މަސައްކަތްތެރީންނަށް ހާއްސަ ބޯހިޔާވަހިކަން
ރިސޯޓުތަކުގެ އިސް ސަފަށް ދިވެހިން
ޓީމުން ބުނީ އެންމެހާ ރިސޯޓު މަސައްކަތްތެރީންނަށް އެކަށޭނަ ސިޔާސަތުތަކާއި އެންމެ ފައިދާ އާއި ލާބަހުރި ގޮތަކީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުން ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ. އެކަމުގައި އެންމެހާ ރިސޯޓް މަސައްކަތްތެރިންގެ އެއްބާރުލުމަށް އެދި ޓީމުން ވަނީ ރައީސް ސޯލިހު އިންތިހާބު ކުރަން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.