ads
ކޭއާރުއެޗް ހޮސްޕިޓަލް. ފޮޓޯ: ކޭއާރުއެޗް އެފްބީ ޕޭޖް
ކުޅުދުއްފުށީގައި ބްލަޑް ބޭންކެއް ޤާއިމްކޮށްފި
ލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ޤާއިމުކޮށްފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ މިގާއިމްކުރެވުނު ބްލަޑް ބޭންކާއެކު، އެމަޖެންސީ ހާލަތްތަކުގައި ބޭނުންވާ ލޭ ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނޭކަމަށާއި، ވަކިން ހާއްސަކޮށް، އެހޮސްޕިޓަލަކީ މިހާރު ކުދިކުދި ގިނަ އޮޕަރޭޝަންތަކާއި މާބަނޑު މީހުންގެ ސިޒޭރިއަން ހަދަންޖެހޭ ހޮސްޕިޓަލަކަށްވުމުން، ބްލަޑް ބޭންކަކީ ކޮންމެވެސް މުހިއްމު ހިދުމަތެއްކަމަށެވެ. 

ބްލަޑް ބޭންކު ޤާއިމްކުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ބޮޑުތިލަދުންމަތީގައި މީހުން ދިރިއުޅޭ 41 ރަށުގެ ރައްޔިތުން ޚިދުމަތް ހޯދާ މައި ހޮސްޕިޓަލެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމްކުރި ބްލަޑް ބޭންކަކީ ލޭ ރައްކާކޮށްފައި ހުންނަ 200 ޕެކް، ބެހެއްޓޭނެ ޤާބިލްކަން ހުރި ބްލަޑް ބޭންކެކެވެ. 

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ބްލަޑް ބޭންކު ޤާއިމްވުމުން އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ ދަރުމަވެރިންނަށްވެސް މިހާރު ލޭ ހަދިޔާކުރެވޭނެކަމަށާއި، އަދި ހޯދަން އުނދަގޫ ލޭގެ ގްރޫޕްތަކުގެ ލޭ ދުރާލާ ރައްކާކޮށްފައި ބަހައްޓަންވެސް ބްލަޑް ބެންކުގެ ސަބަބުން ފަސޭހަވެގެންދާނޭކަމަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ލޭ ރައްކާތެރިގޮތުގައި ބެހެއްޓެނީ ވަކި މުއްދަތެއް ވަންދެންކަމަށާއި އެެހެންކަމުން ލޭ ބޭކާރުވިޔަ ނުދިނުމަށް، އެންމެ މަދުން ހޯދަންޖެހޭ ބައެއް ލޭ ގްރޫޕްތަކުގެ ސްޓޮކް ދަށްކުރުމާއިއެކު ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދޭނެކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ބުނީ، ބްލަޑް ބޭންކާއެކު ލޭ އަޅާ ކުދިންނަށް ދޭ ޚިދުމަތްވެސް އަވަސްވެއްޖެކަމަށާއި އެގޮތުން ކުރިން ޑޯނަރުގެ ގައިން ލޭ ނެގުމަށްފަހު ބަލި މީހާގެ ގަޔަށް ލޭ އަޅަން 12 ގަޑިއިރު ހޭދަވިނަމަވެސް، މިހާރު އެ ވަގުތު 4 ގަޑިއިރަށް ކުޑަވެފައިވާކަންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ފާހަގަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް