ads
އައިއޯއައިޖީގައި ވާދަކުރި ދިވެހި އެތުލީޓުން
ރާއްޖެ ޓީމަށް މަރުހަބާ ކިއުމަށް ހަވާ އަރުވަނީ
މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ދިވެހި އެތުލީޓުންނަށް މަރުހަބާ ދެއްނެވުމަށް ތައްޔާރީތައް ފަށައިފިއެވެ.

ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިއޯއައިޖީގައި ދިވެހި އެތުލީޓުން ހޯދި ތާރީހީ ކާމިޔާބީ ފާހަގަކޮށް މަރުހަބާ ދެންނެވުން މި މަހުގެ ފަސްވަނަ ދުވަހު އޮންނާނެ ކަމަށެވެ. 

ކުޅުންތެރިންނަށް މަރުހަބާ ދެންނެވުން އޮންނާނީ ބުރާސްފަތި ދުވަހުގެރޭ ނުވައެއް ޖަހާއިރު ޖުމްހޫރީ މައިދާނުގައެވެ. ކުލަގަދަ މަރުހަބާއެއް ކުޅުންތެރިންނަށް ކިއުމަށްޓަކާ އެރޭ ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

މި ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް މިނިސްޓަރު މަހްލޫފް ވަނީ އެދިވަޑައިގަންނަވާފައެވެ. އެގޮތުން ރަތް ކުލައިގެ ހެދުމުގައި އެރޭ މުޅި ޖުމްހޫރީ މައިދާން ފުރާލުމަށް މިނިސްޓަރުގެ ޓްވީޓުގައި އެދިވަޑައިގަންނަވާފައިވެއެވެ. 

މަޑަގަސްކަރާގައި އޮތް މިފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން އެކި އިވެންޓުތަކުގައި ބައިވެރިވި އެތުލީޓުން ހޯދި ކާމިޔާބީތައް ޖުމްލަކޮށް ރާއްޖެއިން ވަނީ 27 މެޑަލް ހޯދާފައެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް