ads
ޑރ.މުއިއްޒު ތ.ހިރިލަންދޫގައި. ފޮޓޯ: ޕީޕީއެމް
ވެރިކަމަށް އަންނަނީ މަޝްރޫއުތައް ހުއްޓުވާކަން ނޫން: މުއިއްޒު
ވެރިކަމަށް އަންނަން މަސައްކަތް ކުރަނީ ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވަމަށް ނޫންކަމަށާއި، އެހެންނަމަވެސް ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަމަށް މާލޭ ސިޓީގެ މޭޔަރު އަދި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ތ.ހިރިލަންދޫއަށް ވަޑައިގެން، އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ، ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭނެކަމަށްބުނެ، ސަރުކާރުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. 

އަދި އެބޭފުޅާއަށް ފެނިލަައްވާގޮތުން، ތަރައްގީގެ މަޝްރޫއުތައް އޮތީ ހުއްޓިފައިކަމަށާއި، އެއީ މިހާރުގެ ސަރުކާރުގެ ނުކުޅެދުންތެރިކަން ދައްކުވައިދޭ ކަމެއްކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ. 

އިތުރަށް ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ވެރިކަމަށް އިންތިހާބުވެވަޑައިގެންިނަމަ، ޔަގީނުންވެސް ބަދަލު ފެންނާނެކަމަށާއި، އެހެނަސް އެއީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުން ނޫންކަމަށާއި، އޭގެ ބަދަލުގައި ފެންނާނީ، ހުއްޓިފައި ހުރި ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލާތަންކަމަށްވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ދައުުރުގައި ބިން ހިއްކޭނެ ރަށްތައް ދެނެގަތުމަށް ހެދި ދިރާސާ ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭގެ ތެރޭގައި ތ ހިރިލަންދޫ ހިމެނޭކަމަށެވެ. ތ ހިރިލަންދޫ ބިން ހިއްކާނެކަމަށް ވައުދުވެ މުއިއްޒު ވިދާޅުވީ، މި ބިމުގައި މުޅި ދިވެހިރާއްޖެއަށް ފައިދާ ހުރި މަސައްކަތްތައް ކުރައްވާނެކަމަށެވެ. ހިރިލަންދޫގައި 25 ހެކްޓަރުގެ ބިން ހިއްކާނެކަމަށް ފާހަގަކޮށް މި ތަނުގައި އުމްރާނީ އަދި އިގްތިސާދީ ގޮތުން ފައިދާ ހުރި ކަންކަކޮށް، ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް އެ ބިން ބޭނުން ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަމުގަިއ ވަކި ރައްޔިތަކު އިސްތިސްނާ ނުކުރާނެކަމަށް ފާހަގަކޮށް މުއިއްޒު އިތުރަށް ވިދާޅުވީ ހިރިލަންދޫގެ ރައްޔިތުން ބޭޏުންވާފަދައިން ސިޓީ ހޮޓާ އެޅޭނީ ބިން ހިއްކައިގެންކަމަށެވެ. 

މީގެ އިތުރުން ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރުމަށް ހިރިލަންދޫ ރައްޔިތުންގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ބޭނުންފުޅުވެއްލައްވާ ކަމަށާއި، އަދި އެދިވަޑައިގަތުމަކީ ހިރިލަންދޫއިންވެސް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްއަށް އަގުލަބިއްޔަތު ދެއްވުންކަމަށްވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް