ads
މަލޭ މަގުމަތި. ފޮޓޯ:އެމްޕީއެސް
އިންތިހާބު ތެރޭގައި ނޯރޯ ރޯގާ ފެތުރުދާނެ، މާސްކާއި ސެނެޓައިޒާ ބޭނުން ކުރޭ: އެޗްޕީއޭ
ރިޔާސީ އިންތިހާބު އޮންނަ ދުވަހު މީހުން އެއްވުމުގައި ނޯރޯ ރޯގާ އިތުރަށް ފެތުރިދާނެ ކަމަށާއި އެހެންކަމުން ރޯގާ އިން ސަލާމަތް ވުމަށް މާސްކާއި ސެނެޓައިޒާ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯ ވައިރަސްގެ ރޯގާއެއް ކަމަށެވެ.

މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށާއި، އެހެންކަމުން މީހުން ތަންތަނަށް އެއްވުމުގައި ރައްކާތެރިވެ ގައިދުރުކޮށް ތިއްބެވުމަށެވެ.

ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވއެވެ.

ހެލްތު މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ޝަތުފާ "ސީއެންއެމް" އަށް ވިދާޅުވީ ރޯގާ ޖެހި ބަލީގެ އަލާމްތަތައް ހުންނަ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދިނުމަށެވެ.

ހާއްސަކޮށް ސެނެޓައިޒާ ބޭނުން ކުރުމަށާއި، އާންމުން އެއްވެ އެއްވެ އުޅޭ ތަންތަނަށް ނުކުތުމުގައި މާސްކު ބޭނުން ކުރުމަށެވެ.

ނޯރޯ ވައިރަސް މާލޭގައި ފެތުރޭތާ މި ވަނީ މަހެއްވާން ކައިރިވެފައެވެ. ނަމަވެސް އަދިވެސް މި ބަލި ފެތުރޭ މިންވަރު މަދުވެފައި ނުވާ ކަމަށްވެސް ބުނެފައި ނުވެއެވެ. މި ބަލީގެ އަލާމްތަތަކުގެ ތެރޭގައި:

  • ހޮޑުލުން
  • ބޭރަށް ހިންގުން
  • ބަނޑުގައި ރިއްސުން
  • މޭނުބައި ކުރުން

އެހެންކަމުން ބަލިން ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް