އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި އެތުލީޓުން ހޯދި ތާރީޙީ ރަން ކާމިޔާބީ ފާހަގަ ކުރުން އޮންނާނީ އަންގާރަ ދުވަހުގެ ރޭއެވެ.
ދިވެހި އެތްލީޓުންނަށް މަރުހަބާ ކިޔުމަށް ކުލަގަދަ ހަފްލާއެއް ރާވަމުން އަންނަކަން ހާމަ ކުރެއްވީ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައެވެ.
މި ފަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި ދިވެހި އެތްލީޓުންވަނީ މިހާތަނަށް ގޭމްސްއަކުން ރާއްޖެއަށް ހޯދާފައިވާ ކާމިޔާބީއަށްވުރެ އެތައް ގުނައެއް އިތުރު ކާމިޔާބީތައް ހޯދާފައެވެ. ޓީޓީއާ ބެޑްމިންޓަުން ރަން، ރިހި، އަދި ލޯ މެޑަލް ހޯދިއިރު އެތްލެޓިކްސް، ޓައެކްވޮންޑޯ، އަދި ބާސްކެޓުންވެސްވަނީ ދިވެހި ޓީމުތްކަުން މި ފަހަރު މެޑަލް ހޯދާފައެވެ.