ads
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް
ހާސްކަމުން ނެއްޓިފައިވާ ސިޓީއަކަށް މާލެ ބަދަލުކުރާނަން: އިލްޔާސް ލަބީބް
ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމޭއިރު މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކޮށް، މާލެއަކީ ހިތްފަސޭހަ، އަމާން، ހާސްކަމުން ނެއްޓިފައިވާ ސިޓީއަކަށް ބަދަލުކުރައްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް ލަބީބް މިހެން ވިދާޅުވީ ޑިމޮކްރެޓުންގެ ވެށިފަހި މާލެ ޕްރޮގްރާމް އޮޅުންފިލުވައިދިނުމަށް މާލޭގެ ކަންކަންމަތީގައި ބާއްވަމުންދާ ސިލްސިލާ ޕިކަޕް ބައްދަލުވުންތަކުގެ ތެރެއިން ރުއްކެނޑިޔާ މަގާއި، ލޮނުޒިޔާރަތް މަގު ކަންމަތީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑިމޮކްރެޓުންގެ ހުށަހަޅާ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭ އެންމެ ތޮއްޖެހިފައިވާ 10 ކޮށިން ތަނަވަސް ބޯހިޔާވަހިކަމަށް އެދޭ ޢާއިލާތަކަށް އަލަށް 5 ކޮއްޓެއްގައި ޢިމާރާތްކުރާ ކޮންޑޮމީނިއަމް ޔުނިޓުތަކަށް ބަދަލުވުމުގެ ފުރުސަތު ހުވޭނެއެވެ. މިއީ މި ސިޔާސަތުގެ ފުރަތަމަ ފިޔަވައްސެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަކީ އިޚްތިޔާރީ ކަމެކެވެ.

މި ސިޔާސަތުގައި ފާހަގަކޮށްފައިވާ މާލޭގެ އެންމެ ކޮއްލަވާނިވެފައިވާ 10 ބްލޮކްގެ 18 އަހަރުން މަތީގެ 4187 ރަށްވެހިންނަށް ސީދާ އެޑްރެސްކޮށް 30 އޮގަސްޓްވީ ބުދަ ދުވަހުން ފެށިގެން، އިލްޔާސް ލަބީބް ސޮއިކުރައްވާފައިވާ ސިޓީފުޅަކާއެކު ވެށިފަހި މާލެ ޕްރޮގްރާމްގެ ލީފްލެޓާއި، ޕޯސްޓަރު މިހާރު ފޮނުވަމުންދާކަމަށް ޑިމޮކްރެޓުން މަޢުލޫމާތު ދެއެވެ.

"ބައިވެރިވާ ފަރާތަކަށް, ގެޔަކަށް – ކޮންމެ 18 އަހަރު ފުރިފައިވާ މީހަކަށް ލިބިގެންދާނެ ކޮންޑޮނޮމޯނިއަމް ފްލެޓެއް -އެއީ 2 ކޮޓަރި ނުވަތަ 3 ކޮޓަރި, ގޭގެ ވެރިފަރާތަށް ލިބިގެންދާނެ ބިމުގެ ބަދަލު, އަދި ޢިމާރާތުގެ ވެރިފަރާތަށް ލިބިގެންދާނެ ޢިމާރާތުގެ އަގު،" ގަލޮޅު ދެކުނުގައި މިއަދު ހެނދުނު ބޭއްވި ކަންމަތީ ޕިކަޕް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓުން ބުނަމުންދަނީ ގުޅީފަޅާއި، ގިރާވަރު ފަޅުން ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެފަޅުތައް ހިއްކާ، ރިވެޓްމަންޓު ޖަހާ، މަގުތަކާއި، ނަރުދަމަޔާއި، ކަރަންޓާއި، ފެން އަޅާ، މިސްކިތާއި، ހޮސްޕިޓަލާއި، ސްކޫލްތައްފަދަ އަސާސީ ކަންކަން ޤާއިމުކޮށްގެން އާބާދުކުރެވޭ އިރު ދިހަ ފަނަރު އަހަރު ވޭތިވާނެ ކަމަށެވެ. މާލޭގެ ބޯހިޔާވަހިކަން ޙައްލުނުވެ އެމުއްދަތު ވޭތިވެއްޖެ މާލޭގެ އެތައް ޢާއިލާތަކެއް ރޫޅި، މަސްތުވަތާކެތީގެ ވަބާގައި ޖެހި، ކިތަންމެ ބައެއްގެ ޙަޔާތް ބަރުބާދުވެ ހިނގައިދާނެކަމަށްވެސް ޑިމޮކްރެޓުން ބުނެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގައިވާ ގޮތުން 10 ކޮށިން އަލަށް ތަރައްޤީކުރާ 5 ކޮއްޓަށް މީހުން ބަދަލުކުރުމުން, އެ 10 ކޮށީގައިވެސް ކޮންޑޮމީނިއަމް ކޮންޕްލެކްސް ބިނާކުރާނެއެވެ. އަދި ދެން އެންމެ ތޮއްޖެހިފައިވާ 20 ބްލޮކްގެ މީހުން އެ 10 ކޮއްޓަށް ބަދަލުކުރުމެވެ. މިމަގުންގޮސް މާލޭގެ 160 ބްލޮކް ހުސްކުރާނެއެވެ.

ޑިމޮކްރެޓުން ހުށަހަޅާފައިވާ މި ސިޔާސަތަކީ ސިންގަޕޫރާއި މެލޭޝިޔާފަދަ ޤައުމުތަކުގެ އާރބަން ސެންޓަރުތަކުން ތަޖުރިބާކޮށް, ކާމިޔާބުކޮށްފައިވާ މޮޑެލްއެއްކަމަށް އެ ޕާޓީއިން ބުނެއެވެ. މި ސިޔާސަތުގައިވާގޮތުން އަލަށް ޑެވަލޮޕްކުރާ ކޮންޑޮމީނިއަމްތައް ބިނާކުރާއިރު ވަށައިގެން ހުރި މަގުތައް ފުޅާކޮށް ފެހި ކުރެވޭނެއެވެ. މުނިފޫހިފިލުވުމާއި, ކަސްރަތާއި, ވިޔަފާރިއާއި, އިޖުތިމާޢީ ޙަރަކާތްތަކަށް ޖާގަ އެކަށައަޅާފައި ހުންނާނެއެވެ. އަދި ޑޭ ކެޔާރއާއި އެލްޑަރލީ ކެޔާރ ސެންޓަރުތައްވެސް އަލަށް ތަރައްޤީކުރާ ކޮށިތަކުގެ ބިނާކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް