ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ކުލަބު އީގަލްސް އިން ހޯދީ ފައިނަލުގައި ފޯކައިދޫ ސްޕޯޓްސް ކުލަބު 3-2 އިން ބަލިކޮށްގެންނެވެ. މި މުބާރާތަކީ، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ހިންގާ މުބާރާތްތަކުގެ ތެރެއިން އަހަރުގެ އެންމެ ފަހު މުބާރާތެވެ.
ގައުމީ ބިލިއާޑް މުބާރާތުގެ ފައިނަލަށް އީގަލްސް ދަތުރުކުރީ ލީގު ބުރުގެ ދެ ވަނަ ހޯދައި ފުރަތަމަ ސެމީ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބު ބަލިކޮށްގެންނެވެ. ލީގު ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ ސިފައިން އަތުން އީގަލްސް މޮޅުވީ 3-2 އިންނެވެ.
ފޯކައިދޫއަށް ލީގު ބުރުގައި ލިބުނީ ތިން ވަނަ އެވެ. ސެމީ ފައިނަލު ދެވަނަ މެޗުގައި ބީޖީ ސްޕޯޓްސް ބަލިކޮށް ފަހު ސެމީގައި ސިފައިން އަތުން މޮޅުވެ އެޓީމު ފައިނަލުން ފުރުސަތު ހޯދި އެވެ.