
ހދ.އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ މަކުނުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއާޕޯޓު އެޅުމަށް ހިއްކާ ބިމާއެކު އިތުރު ބިންތަކެއް އެރަށަށް ލިބިގެންދާނެ ކަމަށެވެ.
މަކުނުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހައުސިން މަޝްރޫއެއް ހިންގަވާނެ ކަމަށާއި މަކުނުދޫ ފަޅު ތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލައްވާނެ ކަމަށެވެ. އާރުޓީއެލްއާއެކު މަކުނުދޫގެ އެކަނިވެރިކަން ނިމުމަކަށް ގެނެވިފައިވާ ކަމަށާއި އެއާޕޯޓާއެކު މަކުނުދޫއަށް ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މަކުނުދޫއަކީ ތަފާތު ސިފަތަކެއް ލިބިގެންވާ ރަށެއް ކަމަށާއި ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވުމުން ފަތުރުވެރިކަން މަކުނުދޫގައި ކުރިއެރުވޭނެ ކަމަށެވެ.
ރައީސް ސޯލިހުވަނީ އޭގެ އިތުރުން ވެސް އެހެން ބައެއް ކަންތައްތައް މަކުނުދޫއަށް ކޮށް ދެއްވުމަސް ވައުދުވެވަޑައިގެންފައެވެ.
މަކުނުދޫއަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް:
1. ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލުން،
2. ހައުސިން މަޝްރޫއެއް ހިންގުން،
3. ބޮޑެތި މަގުތަކުގައި ތާރު އެޅުން،
4. ބޮޑު ފުޓްބޯޅަ ދަނޑަކާއެކު، ރޭސިން ޓްރެކެއް އެޅުން،
5. މެރިކަލްޗަ މަސައްކަތް ކުރުމަށް ހުޅުވާލުން،