ads
ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވި---
ފާރިސް ރައީސް ޔާމީނާއި ބައްދަލު ނުކުރައްވާ: ޕީޕީއެމް
އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ ފާރިސް މައުމޫނު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލު ކުރައްވާފައި ނުވާ ކަމަށް ޕީޕީއެމުން މިރޭ ބުނެފިއެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާރިސް ރައީސް ޔާމީނާއި ބައްދަލު ކުރި ކަމަށް ބުނެ ދޮގު ހަބަރު ފަތުރަމުން ދަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒުއަށް އޮތް ތާއީދު ކުޑަކޮށް، ބައިބައިކޮށްލުމަށް ކަމަށެވެ. 

ފާރިސްއަކީ ރައީސް ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ ބޭފުޅެކެވެ. 

ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ސަބަބުން ހައްޔަރުވެ، ޖަލުގައި ގިނަ ދުވަސްތަކެއް ފާރިސް ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. ފާރިސްގެ އިތުރުން ރައީސް ޔާމީންގެ ބޭބޭފުޅު ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނުގެ ފިރިކަލުން ނަދީމު ވެސް ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވިއެވެ. 

ރައީސް ޔާމީނާއި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް މައުމޫނު ނުކުމެވަޑައިގެން އެމްއާރުއެމްގެ ނަމުގައި އާ ޕާޓީއެއް އުފައްދާފައިވާ އިރު ފާރިސްއަކީ ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް