ads
ސިފްކޯގެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޒިޔާރަތެއްގެ ތެރެއިން - ފޮޓޯ:ޑިފެންސް މިނިސްޓްރީ
ސިފްކޯގެ ފްލެޓުތައް ލިބުނު ފަރާތްތަކަށް ފްލެޓުތައް ދައްކާލައިިފި
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސިފްކޯގެ ފްލެޓުތައް އެ ތަންތަން ލިބުނު ފަރާތްތަކަށް ދައްކާލައިފިއެވެ.

ސިފްކޯގެ ފްލެޓުތައް އިމާރާތްކުރަން ފަށާފައިވަނީ މީގެ ނުވަ އަހަރު ކުރިންނެވެ. އެހެންނަމަވެސް އެ ފްލެޓުތަކުގެ މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފައެވެ. މިއަދު ހަވީރު އެ ފްލެޓުތައް ދައްކާލުން ކުރިއަށް ދިޔައިރު، ފްލެޓުތައް ބަލާލުމަށް އެ ތަންތަން ލިބުނު ސިފައިންނާއި އެ ފަރާތްތަަކުގެ އާއިލާތަކުން ފްލެޓުތަކަށް ޒިޔާރަތްކުރިއެެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ ބައެއް ސީނިއާ އޮފިސަރުން ވެސް ސިފްކޯގެ ފްލެޓުތަކަށް ވަޑައިގަތެވެ.

ސިފްކޯގެ ފްލެޓުތަކުގެ ބިންގާ އަޅާފައިވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށްވީ ނަމަވެސް އެކިއެކި މައްސަލަތައް ދިމާވެ މަސައްކަތް ނިންމިފައެއް ނުވެއެވެ. މި ސަރުކާރުން އެ މަސައްކަތް ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ ހަވާލުކުރުމާ އެކު ފްެލެޓުތަކުގެ މަސައްކަތް ވަނީ އަވަސްވެފައެވެ.

ތިން ޓަވަރުގައި އިމާރާތް ކޮށްފައިވާ 345 އެޕާޓްމަންޓް ނިންމުމަށް އެންމެފަހުގެ މަސައްކަތްތައް ކުރަމުން އަންނައިރު، އެ ތަންތަން ދޫކުރާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭ ސިފްކޯގެ ފްލެޓުތަކަށް ފައިސާ ދެއްކި ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހު ބޭއްވި ޖަލްސާގައި، ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ މިދިޔަ މަހު ފްލެޓުތަކަށް ވަދެވޭނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް