
އެއާ އަރަބިއާގެ ދަތުރުތަކަށް އާ ޓާމިނަލް މިއަދު ވަނީ ބޭނުންކުރަން ފަށާފައެވެ. މިކަމަށް މިއަދުވަނީ އާ ޓާމިނަލްގައި އެމްއޭސީއލުން ހާއްސަ ހަފުލާއެއް ބާއްވާފައެވެ.
ޔޫއޭއީގެ ބަޖެޓް އެއާލައިން އެއާ އަރަބިއާއަކީ މެދު އިރުމައްޗާއި ޔޫރަޕުގެ ގައުމުތަކާ ދެމެދު ދަތުރުކުރަމުން އަންނަ އެއާލައިންއެކެވެ.
މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވާ ހުޅުވު ވޭލާނާ އެއާޕޯޓްގެ އާ ޓާމިނަލުން މިހާތަނަށް ހިދުމަތް ދެމުން އައީ ދިވެހިންގެ ގައުމީ އެއާލައިން މޯލްޑިވިއަނަށް އެކަންޏެވެ. އެހެން އެއާލައިންކަށް އެ ޓާމިނަލް މި ހުޅުވީ ބޭނުންކުރަން ފެށިތާ ދެ ހަފްތާ ފަހުންނެވެ.
އެއާ އަރަބިއާއަށް އާ ޓާމިނަލް ހުޅުވާލަނީ
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދިނީ އިންޑިއާގެ ކޮޗިންއިން ރާއްޖެއައި މޯލްޑިވިއަން ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓުން ރާއްޖެ އައި ދަތުރުވެރިންނަށެވެ. މީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނައި ބޯޓެވެ. އެ ބޯޓުން ރާއްޖެ އާއި ދަތުރުވެރިންނަށް އާ ޓާމިނަލުން މަރުހަބާ ކިޔާފައިވަނީ ދިވެހި ރަތް ފިނިފެން މަލުންނެވެ.
އެއާ އަރަބިއްޔާއިން ފުރާ ފަސިންޖަރުން އާ ޓާމިނަލްގައި
އަންނަ ސެޕްޓެމްބަރު މަސް ފެށޭއިރަށް އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ މަތިންދާ ބޯޓުތަކަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމަކީ އެމްއޭސީއެލްގެ އަމާޒެވެ.