ads
އަސްފާއާއި އޭނާގެ ދަރިފުޅު އަލްސަން
ދަރިފުޅުގެ މަރަށް މަހެއް، މީ އުފުލޭ ވަރަށްވުރެ މާ ހައިބަ ބޮޑު ހިތްދަތިކަމެއް
މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ފާތުމަތު އަޝްފާ އާއި މުހައްމަދު އަބްދުލްގަނީ (ތޭރަވާ)ގެ ހުރި ހަމައެކަނި ދަރިފުޅު އަލްސަން މުހައްމަދު ނިޔާވި ފަހުން ފުރަތަމަ ފަހަރަށް އެކަމާއި ގުޅޭ ގޮތުން އަޝްފާ ވާހަކަ ދައްކައިފިއެވެ.
Advertisement

އުމުރުން އެންމެ 17 އަހަރުގެ އަލްސަން ނިޔާވީ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގައި މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. 

އެ ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް އަޝްފާ އޭނާގެ ޝުއޫރުތައް ހިއްސާކުރަމުން ބުނީ ލިބުނު ހިތްދަތިކަމާއި ވޭނުގެ ބޮޑު ވާހަކައެވެ. 

" ދަރިފުޅު ވަކިވެ ދިޔަތާ މިއަދަކީ އެއްމަސް ފުރިހަމަ ވީދުވަސް. މިއީ މަންމަޔާ ބައްޕައަށް އުފުލޭ ވަރަށްވުރެ މާ ހައިބަ ބޮޑު ހިތްދަތިކަމެއް." އަޝްފާ ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

your imageތޭރަވާއާއި އަޝްފާ އަދި އެމީހުންގެ ހަމައެކަނި ދަރިފުޅު އަލްސަން

ދަރިފުޅިގެ މަރާއި ގުޅިގެން ހުތާމައިގެ ވާހަކަތައް ފުރަތަމަ ފަހަރަށް ބަންޑުންކޮށްލަމުން އަޝްޕާ ބުނީ ދަރިފުޅުގެ ވަކިވެ ދިޔުމަށް ކިރިޔާވެސް ލުޔެއް ލިބެނީ ނަމާދާއި ދުއާތަކުން ކަމަށެވެ. 

"މަންމަޔާ ބައްޕަގެ ހިތާމަތަކާ ރިހުންތަކަށް ކިރިޔާވެސް ލުޔެއް ލިބިގެންމިދަނީ اللہ سبحانہ وتعالیއާއި ދަރިފުޅު ދެކެ ވާލޯބީގެ ޙައްޤުގާ މިކުރާ ނަމާދާ،ދުޢާޔާ ޒިކުރުތަކާ ކީރިތި އާޔަތްތަކުގެ އެހީއާއި މަދަދުންކަން އިހްސާސްކުރެވޭ." އަޝްފާގެ ހިތުގެ ވާހަކަތައް ހިއްސާކުރަމުން ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ ބަޔަކު އަލްސަންގެ ޖަނާޒާގައި ބައިވެރިވިއެވެ. އެކަން ފާހަގަކޮށް އަޝްފާ ވަނީ އެ ނިއުމަތް ދެއްވިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. 

" އެވަރުގެ ޖަނާޒާއަކާ އެވަރުގެ ކަށުނަމާދެއް ދަރިފުޅަށް މިންވަރުކޮށްދެއްވި ކަމަށްޓަކާ اللہ سبحانہ وتعالیގެ ޙަޟްރަތައް ޙަމްދާ ޝުކުރު ކުރަން." އަޝްފާގެ ޕޯސްޓްގައިވެއެވެ.

އުމުރުން 17 އަހަރުގެ އަލްސަން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް އެކްސިޑެންޓްވިތާ މާގިނައިރުތަކެއްވެސް ނުވަނީސް އެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް