ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރު ގައުމުތަކުގެ އެމްބަސީތަކާއި އެހެން ގައުމުތަކުގައި ގާއިމުކޮށްފައިވާ ދިވެހި އެމްބަސީތައް ބޭނުންކޮށްގެން ދިވެހި ވިޔަފާރިތައް ބައިނަލްއަގުވާމީ ދުނިޔެ އާ ގުޅުވާލާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

Advertisement
ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ ބޭރު ގައުމުތަކުގައި ގާއިމުކޮށްފައިވާ ދިވެހި އެމްބަސީތައް މެދުވެރިކޮށް ގެސްޓްހައުސްތަކާއި ދިވެހި އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި މާކެޓް ކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭ ތަންތަނުގެ ގޮތުގައި ދިވެހި އެމްބަސީތައް ހަރަކާތްތެރިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
"ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ބަޔަކީ ރާއްޖޭގައި ތިބި މަސައްކަތްތެރިން އުފައްދާ ތަކެތި ބޭރުގެ މާކެޓަށް ވިއްކޭނެ ގޮތެއް ހޯދުން. ރާއްޖޭގައި ގާއިމުކޮށްފައިވާ ގައުމުތަކުގެ އެމްބަސީތައް އަޅުގަނޑުމެން ބޭނުން ކުރާނީ އެކަމަށްޓަކައި. ރާއްޖޭގެ ކޮންމެ މީހަކު ކޮންމެ އެއްޗެއް އުފެއްދިޔަސް އެ އެއްޗެހި ބޭރުގައި ވިއްކައިގެން ޑޮލަރު ލިބޭނެ ގޮތްތަކެއް ހޯދުމަށް އަޅުގަނޑުމެން އެމްބަސީތައް ބޭނުން ކުރާނީ،" - ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސައިން އަމްރު
އަމްރު ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންނަކީ ފުދުންތެރި ތަނަވަސް ރައްޔިތެއް ގޮތުގައި ދިރިއުޅެމުންދާ ތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމުގައެވެ.