ads
ރަސްދޫގައި 50 ހައުސިން ޔުނިޓު އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
84 މިލިއަން ރުފިޔާއަށް ރަސްދޫގައި 50 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި
އއ. ރަސްދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފިއެވެ.

ރަސްދޫގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އެ މަސައްކަތް ކުރުމަށް ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަ ޝިހާދު އިބްރާހިމެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ރަސްދޫގައި އިމާރާތްކުރާ 50 ހައުސިން ޔުނިޓުގެ ތެރެއިން ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށެވެ. ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑްެރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓުތައް ވަށައިގެން އަލިކުރެވިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ރަސްދޫގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއަށް ހަރަދުކުރަނީ ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށެވެ.

ރަސްދޫގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެސްޖޭ އާ ހަވާލުކޮށްފައިވަނީ 84.2 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް