ads
ނޭކުރެންދޫގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ކޯނީ ރިޕޯޓު ސަރުކާރަކުގައި ނެތް ކަމަށާއި އެ މައްސަލަ ބަލަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް - ފޮޓޯ:އުފާވެރި އަމާން ރާއްޖެ
ކޯނީ ރިޕޯޓު ސަރުކާރަކުގައި ނެތް، މައްސަލަ ބަލަން ފުލުހަށް ވާނީ ހުށަހަޅާފައި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން އޮން ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު ސަރުކާރުގައި ނެތް ކަމަށާއި އެ މައްސަލަ ފުުލުހަށް ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ދަތުރުފުޅުގައި މިއަދު ނޭކުރެންދޫއަށް ވަޑައިގެން ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޯނީ ރިޕޯޓު ވީ ތަނެއް މިހާރު ނޭނގޭ ކަމަށެވެ. އެ ރިޕޯޓު ސަރުކާރުގައި ނެތް މައްސަލަ ބެލުމަށް މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ދައުލަތުގެ ކޮން ކަހަލަ ބޮޑު ސިއްރެއްތޯ؟ މިއަދަކު އެ އެއް ނެތް. އެކަން ބަލައި ތަހުގީގު ކުރީމާ އެނގޭނީ އެ ކަމުގައި ޒިންމާ ވާ މީހުން،" - ރައީސް ސޯލިހު

ރައީސް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލައިގެން ތިބި އެހެން ކެންޑިޑޭޓުންނާ މެދު ފުންކޮށް ވިސްނަންވީ އެފަދަ ސަބަބުތަކާ ހުރެ ކަމަށެވެ.

އިންކުއަރީ ކޮމިޝަން އެކުލަވާލީ ފެބްރުއަރީ ހަތެއްގައި ވެރިކަން ބަދަލުވާން ހިނގާފައިވާ ގޮތް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބަލައި، އެކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލުމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން ރައީސް ނަޝީދުގެ ވެރިކަން ނިމުނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ކޯނީ ރިޕޯޓަކީ ދައުލަތުގެެ ސިއްރެއްގެ ގޮތުގައި ކަނޑައަޅައި، އެ ރިޕޯޓް އެއްކޮށް އާންމުކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް