އައްޑޫސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިއްލި އައްޑުސިޓީއާއި ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅަށް ހުށަހަޅުއްވާ ތަސައްވަރަކީ ޓޫރިޒަމުގެ ހަބަކަށް އެސަރަހައްދު ބަދަލުކޮށް އާއްމުދަނީ އިތުރު ކުރުމެވެ. އެގޮތުން އެ ތަސައްވަރު ހާސިލު ކުރުމަށް އިއްލި ހުށަހެޅުއްވި ކަންތައްތަކަކީ:
އައްޑޫއަށް ހުށަހެޅުއްވި ބައެއް ކަންތައްތައް:
1. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ހަރުދަނާ ކުރުން،
2. ގަމުގައި ސީ ޕްލޭން ހަބެއް ގާއިމު ކުރުން
3. އައްޑޫގައި ޓްރާންސްޝިޕްމެންޓު ބަނދަރެއް
4. އައްޑޫގެ ހިއްކި ބިންތައްް ތަރައްގީ ކުރުން
5. ހޯމް ސްޓޭ ޓޫރިޒަމު ތައާރަފު ކުރުން
ފުވައްމުލައް ސިޓީއަށް ހުށަހެޅުއްވި ކަންތައްތައް:
1. ބަނދަރު ތަރައްގީ ކުރުން
2. އެއާޕޯޓު ބޮޑުކޮށް، ޕްރައިވެޓު ޖެޓުތަކަށް ހިދުމަތް ދޭން ފެށުން
3. ފަތުރުވެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއެކު ފަތުރުވެރިންނަށް ހާއްސަ ބީޗެއް ހެދުން
ހުވަދު އަތޮޅަށް ހުށަހެޅުއްވި ކަންތައްތައް:
1. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް، ކާޑެއްދޫގައި ސިޓީ ހޮޓާ އެޅުން،
2. ތިނަދޫ، ގައްދޫ، ގއ.ވިލިގިލީގައި ކޮންޑޮމީނިއަމްއާއެކު އާބާދީއަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމު ކުރުން،
3. ގޭދޮށު މަސްފެކްޓްރީތައް ހެދުން
ރާއްޖޭގެ އުތުރުގެ އަތޮޅުތައް ތަރައްގީ ކުރަން އިއްލި ހުށަހަޅުއްވާ ތަސައްވަރު ބިނާކޮށްފައިވަނީ އެސަރަހައްދަކީ ހާއްސަ އިގުތިސާދީ ސަރަހައްދެއްގެ ގޮތަށް މަސައްކަތްތައް ތަރުތީބު ކުރައްވައިގެންނެވެ. އެގޮތުން އުތުރަށް އިއްލި ހުށަހަޅުއްވާ ކަންތައްތަކަކީ:
1. ކުޅުދުއްފުށި ބަނދަރު ތަރައްގީ ކުރުން،
2. ނޮޅިވަރަމުގައި ފްރީ ޓްރޭޑު ޒޯނެއް އުފެއްދުން،
3. ސަރަހައްދީ ތަރައްގީގެ ބޭންކެއް ކުޅުދުއްފުށީގައި ގާއިމު ކުރުން،
4. ހަނިމާދޫ އެއާޕޯޓުން އެއާފްރައިޓުކޮށް ދިވެހި އުފެއްދުންތައް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ދިއްދޫއާއި ކުޅުދުއްފުށީގައި ލޮޖިސްޓިކް ސެންޓަރުތައް އުފެއްދުން،
5. ރޯރޯ ފެރީގެ ހިދުމަތް ފެށުން،
6. ދިއްދޫ ސިޓީއަކަށް ބަދަލު ކުރުން
7. ދިއްދޫއާއި ކުޅުދުއްފުށީގައި 1000 ހައުސިން ޔުނިޓު ގާއިމު ކުރުން،(ކޮންޑޮމީނިއަމް)
8. މަސް ޕްރޮސެސިން ލައިޓު ޔުނިޓެއް ދިއްދޫގައި ގާއިމު ކުރުން،
9. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ފުރިހަމަ ކުރުން،
10. އިތުރު ރިށޯޓުތައް ގާއިމުކޮށް، މާކެޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
11. ދަނޑުވެރިކަމުގެ ބާވަތްތައް ޕްރޮސެސް ކުރެވޭނެ ޕްލާންޓެއް ކެލާގައި ގާއިމު ކުރުން.