ރާމޯސް، އެނބުރި ސެވިއްޔާއަށް ބަދަލުވީ 18 އަހަރު ފަހުންނެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނީ ސެވިއްޔާ/އެތުލެޓިކޯއަށެވެ. އެއީ 2003 ވަނަ އަހަރުން ފެށިގެންނެވެ. ސެވިއްޔާގައި ތިން އަހަރު ހޭދަ ކުރުމަށްފަހު އޭނާ ރެއާލް މެޑްރިޑަށް ބަދަލުވީ 2005 ވަނަ އަހަރުއެވެ.
ރާމޯސް ވަނީ ރެއާލްގައި 17 އަހަރު ހޭދަކޮށްފައެވެ. އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ރެއާލްގައެވެ. ރާމޯސް ވަނީ ރެއާލް މެޑްރިޑަށް 469 މެޗު ކުޅެދީ 72 ލަނޑު ޖަހައިދީފައެވެ.
އޭގެ ފަހުން، 2021 ވަނަ އަހަރު ރާމޯސް ބަދަލުވީ ފްރާންސްގެ ޕީއެސްޖީއަށެވެ. ޕީއެސްޖީގައި ކުޅުނު ދެސީޒަންގައި ރާމޯސް ވަނީ އެޓީމަށް 49 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހައިދީފައެވެ.
އުމުރުން 37 އަހަރުގެ ޑިފެންޑަރު އެނބުރި ސެވިއްޔާއަށް ބަދަލުވީ ސައުދީގެ ކްލަބުން އޭނާއަށް ލިބިފައިވާ ހުށަހެޅުންތަކަށް ނޫނެކޭ ބުނުމަށްފަހުއެވެ.