ads
ޖޭޑަން ސަންޗޯ
ސަންޗޯ އާއި ޓެން ހާގް ކޯޅުމަކަށް
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާއި އެޓީމުގެ ވިންގަރު ޖޭޑަން ސަންޗޯ އާއި ދެމެދު ބޮޑު ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

މި ހަފްތާގައި ޔުނައިޓެޑުން ޕްރިމިއާ ލީގުގައި ވާދަކުރީ ރަށުން ބޭރުގައި، އާސެނަލްއާއެވެ. މި މެޗަށް ޓީމުން ދަތުރުކުރިއިރު، ސަންޗޯ ސްކޮޑުގައި ހިމަނާފައި ނުވެއެވެ. ކޯޗު ޓެން ހާގް ބުނީ ސަންޗޯ މެޗުގެ ސްކޮޑުގައި ނުހިމެނީ ފާއިތުވި ހަފްތާގައި އެކަށީގެންވާ ރަނގަޅު ކުޅުމެއް ފަރިތަކުރުންތަކުގައި ދެއްކިފައި ނުވާތީ ކަމަށެވެ. 

މިކަމާއި ގުޅިގެން ސަންޗޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ ޓެން ހާގް ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ނުކުރުމަށް އެދިފައެވެ. ސަންޗޯ ބުނީ ނިމުނު ހަފްތާގެ ފަރިތަކުރުންތަކުގައި އޭނާ ވާނީ ވަރަށް ރަނގަޅު ޕާފޯމެންސްއެއް ދައްކާފައި ކަމަށެވެ. ނަމަވެސް އޭނާ ޓީމަށް ނުނެގީ އެހެން ސަބަބުތަކަކާއި ހުރެ ކަމަށެވެ. 

އުމުރުން 23 އަހަރުގެ ސަންޗޯ ޔުނައިޓެޑާއި ގުޅުނީ 2021 ވަނަ އަހަރު 73 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް 58 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިދީފައެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް