ads
މަކުނުދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އާ އޮފީސް ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
މަކުނުދޫ ފެނަކަ އާ އޮފީސް ރައީސް ރަސްމީކޮށް ހުޅުވައިދެއްވައިފި
ހދ. މަކުނުދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މަކުނުދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހުގެ ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މަކުނުދޫގައި އަލަށް ހުޅުވި އޮފީސް އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ، މިއީ އެ ކޯޕަރޭޝަނުގެ 15 ވަނަ އޮފީސް އިމާރާތް ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި އޮފީހެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތަށް 16 އަހަރުވެފައިވާ ކަމަށެވެ.

your imageމަކުނުދޫގެ 16 އަހަރުވީ ބާ އޮފީސް - ފޮޓޯ:ފެނަކަ

މަކުނުދޫގައި އިންޖީނުގޭގެ އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ 10x17 ފޫޓުގެ ސްޓާފް އޭރިއާއެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ އެ ތަނުގައި މަސައްކަތް ކުރެވެނީ ހަތަރު މުވައްޒަފުންނަށް ކަމަށެވެ.

ފެނަކައިން ބުނި ގޮތުގައި މަކުނުދޫގައި އަލަށް އިމާރާތްކުރި އޮފީސް އިމާރާތަކީ 31x48 ފޫޓުގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

your imageމަކުނުދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އާ އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ

އަލަށް ހުޅުވި އޮފީސް އިމާރާތުގައި މެނޭޖަރު ރޫމަކާއި މީޓިން ރޫމަކާއި ޓެކްނިކަލް ސްޓާފް އޮފީހަކާއި ގެސްޓް ރޫމަކާއި ރިސެޕްޝަން އޭރިއާއަކާއި އެޑްމިން ސްޓާފް އޭރިއާއަކާއި ތިން ފާހާނާ އާއި ސްޓޯ ރޫމެއްގެ އިތުރުން ޕޭންޓްރީއެއް ހުންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް