ads
ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސައިން އަމްރު: ވިދާޅުވީ ގެސްޓް ހައުސް އަޅަން ސަރުކާރުން ލޯނު ދީ، ރޯރޯފެރީ ތައާރަފުކުރައްވާނެ ކަމަށް - ފޮޓޯ:ދަ ޑިމޮކްރެޓްސް
ގެސްޓްހައުސް އަޅަން ސަރުކާރުން ލޯނު ދީ، ރޯރޯފެރީ ތައާރަފު ކުރާނަން: އަމްރު
ދިވެހިންނަށް ޓޫރިސްޓް ގެސްޓް ހައުސް އެޅުމަށްޓަކައި ސަރުކާރުން ގެރެންޓީ ދީ ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ކުރިއަށްދިޔަ ކެމްޕެއިން ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން އަމްރު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި، ސަރުކާރުން ގެރެންޓީ ދީގެން ރިސޯޓު ހެދުމަށް ލޯނު ނެގޭނީ ހަމައެކަނި މުއްސަނދި މަހުޖަނުންނަށް އެކަނި ނޫން ކަމަށާއި އެ ފުރުސަތު މުޅި ދިވެހި ރައްޔިތުންނަށް ހުޅުވާލާނެ ކަމަށެވެ.

"ސަރުކާރު ގެރެންޓީ ވާ ގޮތަށް އަޅުގަނޑުމެން އިރާދަކުރެެއްވިއްޔާ ގެސްޓްހައުސް އެޅުމަށް ފައިނޭންސް ލިބޭނެ ގޮތް ހަމަޖައްސާނަން،" ބޯ ވިއްސާރައިގައި ވާހަކަފުޅުދައްކަވަމުން އަމްރު ވިދާޅުވިއެވެ. 

މީގެ އިތުރުން އަމްރު ވިދާޅުވީ ރޯރޯ ފެރީ ތައާރަފް ކުރައްވާނެ ކަމަށާއި ހަމައެކަނި ސްޕީޑް ފެރީގައި މީހުން ދަތުރުކޮށްގެން މިހާރު ފަރުޖެއްސެން ނެތް ކަމަށެވެ. އެގޮތުން އެއްރަށުން އަނެއް ރަށަށް މުދާ ގެންދެވޭނެ އިންތިޒާމް މި ފެރީތަކުން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިބޭފުޅުން ދުއްވާ ސައިކަލާއި ކާރާއި އެކީގައި އެއްރަށުން އަނެއް ރަށަށް ގޮސް ދުއްވާލެވެން ޖެހޭ. މިގޮތުން އަޅުގަނޑުމެން ތައާރަފު ކުރަނީ ރޯރޯ ފެރީ. ތިބޭފުޅުން ކާރާއި ސައިކަލާއި މުދާލާއި އެކީގައި ދަތުރު ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ހަދާނަން،" - ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސައިން އަމްރު 

ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްވެހުރެ އުފައްދާފައިވާ ދަ ޑިމޮކްރެޓްސްއިން ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވަމުންދާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ގެސްޓް ހައުސް ބިނާކޮށް ހިންގުމުގެ ހުއްދަ ދީފައި ވަނީ އެމަނިކުފާނު ވެރިކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް