ads
ކެލާ ދާއިރާގެ ކުރީގެ އެމްޕީ ނިޒާމް އެމްޑީޕީއަށް ސޮއިކުރައްވައި ފޯމު ހަވާލުކުރައްވަނީ
ކެލާދާއިރާ ކުރީގެ އެމްޕީ ނިޒާމް އެމްޑީޕީއަށް ސޮއިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ ކުރީގެ މެމްބަރު އަހުމަދު ނިޒާމް ނުވަތަ ކެލާ ނިޒާމް އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

ނިޒާމް މީގެ ކުރިން ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގަ އެވެ. 

ނިޒާމާއެކު އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ދާއިރާގެ ބައެއް ޒުވާނުންވެސް އިއްޔެ ވަނީ ސޮއިކުރައްވާފަ އެވެ.

އޭނާ އެމްޑީޕީއަށް ސޮއިކުރެއްވި މެމްބާޝިޕް ފޯމާ އެ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

ކެލާ ނިޒާމަކީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ޑރ. އަބްދުالله މައުސޫމްގެ ބޭބެ އެވެ. ޖުމްހޫރީ ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު ޑރ. މައުސޫމް ވެސް ވަނީ ދާދި ފަހުން އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.

ޑރ. މައުސޫމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ އެ ޕާޓީން އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އީސީއަށް ފޯމު ހުށަހެޅި ހިސާބުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ މެމްބަރުކަމާއި ރައްޔިތުން ހާއްސަ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރުކަން ވެސް ކުރެއވވި ބޭފުޅެއްކަން ާހަގަކޮށްލެވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް