ads
ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ވަނީ ސައިޓް މޮބިލައިޒްކޮށްފައި - ފޮޓޯ:އެމްޓީސީސީ
ތުރާކުނު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތަށް ސައިޓް މޮބިލައިޒްކޮށްފި
ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ތުރާކުނަކީ 707 މީހުންގެ އާބާދީއެއް ދިރިއުޅޭ މަސްވެރި، ފަތުރުވެރިކަމަށް ވެސް މަޝްހޫރު ރަށެކެވެ.

ޒަމާނުއްސުރެ ތުރާކުނުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުން ގޯތި ދޫކުރުމަށް ބޭނުންވާ ބިން ނެތުމުގެ ޝަކުވާއެވެ. އަދި ރަށް ގިރުމުގެ މައްސަލަވެސް ރައްޔިތުންނަށް ތަހައްމަލު ކުރަންޖެހިފައިވާތާ ވަނީ އަހަރުތަކެއް ވެފައެވެ. ނިމިދިޔަ ހަފުތާގެ ތެރޭގައި މޮބިލައިޒް ކުރެވުނު ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާ އެކު، ބިމުގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށާއި ހިމާޔަތް ކުރެވިފައިވާ ޒަމާނީ ރީތި ގޮނޑުދޮށެއް ތުރާކުނު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 8.16 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 1،215 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ސޭންޑް ސަޗް ސާވޭއެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 152.04 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް