ads
ޖަލު އޮފިސަރުން
ޖަލު އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި
މޯލްޑިވިސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން މިއަދު ރަސްމީކޮށް ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ކެމެރާ ބޭނުންކުރަން ފެށުމުން ޖަލުގަ ހިންގާ ކަންކަން ތަހުގީގުކޮށް ޖަލު ބަލަހައްޓާ އޮފިސަރުން ޒިންމާދާރު ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. 

ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައިވެސް މި ކެރާ ބޭނުންކުރާނެކަމށް ކަރެކްޝަނުން ބުންޏެވެ. 

"ބޮޑީވޯން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ. ޖަލުތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުޤީޤުކުރަންޖެހޭ ހާލަތުގައި، އެމްސީއެސްގެ އެތެރެއިންނާއި ބޭރުން ތަހުޤީޤުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިން އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވެގެންދާނެ. މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް،" -ކަރެކްޝަން-

ޤައިދީންނާ މުއާމަލާތު ކުރާ ހުރިހާ ވަގުތުތަކުގައި ވެސް ކެމެރާ ބޭނުން ކުރާނެއެވެ. 

ހައި ސެކިއުރިޓީ ދޭން ޖެހޭ ގައިދީން އެއްތަނުން އަނެއްތަނަށް އުފުލާއިރު ލައިވް ސްޓްރީމް ކުރުމަށްވެސް ކެމެރާ ބޭނުން ކުރާނެ ކަމަށް އެ ސާރވިސްއިން ބުނެއެވެ. ޖަލުގައި 51 ބޮޑީ ވޯރން ކެމެރާ ބޭނުންކުރާނެއެވެ.

ފްރީ ޓްރަޔަލްއެއްގެ ގޮތުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ ދިވެހިރާއްޖޭގެ ޑިސްޓްރިބިއުޓަ "ޒެޓާ ޓެކްނޮލޮޖީސްއާއެކު 17 ފެބްރުވަރީ 2022 ގައި ވެވުނު އެއްބަސްވުމެއްގެ ދަށްކަމަށް އެ ސާވިސް އިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް