ads
ކައިޒީން އެމްޑީޕީއަށް ގުޅުން
ކައިޒީން އެމްޑީޕީއާ ގުޅިއްޖެ
ރާއްޖޭގެ އެންމެ މަޝްްހޫރު އެއް ސޯޝަލް މީޑިއާ އިންފުލުއެންޒާ ފާތިމަތު ޒަޔަން، (ކައިޒީން) އެމްޑީޕީއާ ގުޅިއްޖެއެވެ.

ކައިޒީން މިއަދު އެމްޑީޕީއާ ގުޅުމަށްފަހު އޭނާގެ ފޯމު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައެވެ.

ކައިޒީން އެންމެ ފަހުން އާންމުންގެ ތެރެއަށް ނުކުމެ ޕަބްލިކް އިވެންޓެއްގައި ބައިވެރިވީ މިދިޔަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ އޭނާގެ އުފަން ދުވަސް ފާހަގަކުރަން އުސްފަސްގަނޑުގަ ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ. 

އޭގެ ފަހުން ކައިޒީންގެ އަޑު އިވިފައިވަނީ އެނާގެ ބައްޕައާދެކޮޅަށް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުންތަކަކަކާ ގުޅިގެންނެވެ. 

މިއީ ކައިޒީންގެ ފައިސާއިން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރި ކަމަށް ބުނެ ސިވިލްކޯޓަށް ހުށަހެޅު މައްސަލާގައި ބައްޕަގެ ގައިރު ހާޒިރުގައި ހުކުމްކޮށްދޭން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން އެ އަމުރު ނުދިނުމުން ހައިކޯޓްގައި އިސްތިއުނާފްކުރި މައްސަލައެކެވެ. 

މިދިޔަ މޭމަހު ހައިކޯޓުން ވަނީ އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން އަމުރުކޮށްފައެވެ. 

ކައިޒީންއަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ވަރުގަދަ އެއް ސޯޝަލް މީޑިއާ އިންފުލުއެންޒަރުގެ އިތުރެވެ. ކައިޒީންގެ އިންސްޓަގްރާމްގައި އެކަނިވެސް 141 ހާސް ފޮލޯވަރުން އެބަތިއްބެވެ.  

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް