ads
ރަފާ އަދި ދީމާ - ފޮޓޯ އެމްއޯސީ
އައިއޯއައިޖީ: އެތްލީޓުންނަށް މަރުހަބާ ކިޔުން މިރޭ
މަޑަގަސްކަރައިގައި އޮތް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް 2023 (އައި.އޯ.އައި.ޖީ)ގައި ބައިވެރިވި ދިވެހި އެތްލީޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް، އެ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލު ކުރި ހިތްވަރުގަދަ އެތްލީޓުންނާއި އޮފިޝަލުންނަށް މަރުހަބާ ކިޔުމަށް މިރޭ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ހާއްސަ ރަސްމިއްޔާތެއް އޮންނާނެއެވެ.
Advertisement

މި ރަސްމިއްޔާތު އޮންނާނީ ރޭގަނޑު 8:45 ގައި ޖުމްހޫރީ މައިދާނުގައެވެ.

އައި.އޯ.އައި.ޖީ 2023 ގައި ކާމިޔާބީ ހޯދައި، ދިވެހި ރާއްޖެއަށް ރިވެތި ނަން ހޯދައިދީ، ޝަރަފު ގެނެސްދިން އެތްލީޓުންނާއި އޮފިޝަލުންނަށް މަރުޙަބާ ކިޔުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެ އެތްލީޓުންނާއި އޮފިޝަލުންނަށް މަރުޙަބާ ކިޔުމަށް މި ފަދަ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ، އެ އެތްލީޓުންނާއި އޮފިޝަލުން ދައްކައިދިން ގައުމިއްޔަތުގެ ރިވެތި ނަމޫނާއާއި، ހިތްވަރާއި، އަޒުމާއި، ހޯދާފައިވާ ފަޚުރުވެރި ކާމިޔާބީ ވީހާވެސް ކުލަގަދަކޮށް ފާހަގަކުރުމެވެ. އަދި، އެ އެތްލީޓުންނާއި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީގައި ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ބަޔަކަށް ހޯދައިދިނުމެވެ.

މި އަހަރު މަޑަގަސްކަރައިގައި ބޭއްވި މުބާރާތުގައި ދިވެހި އެތްލީޓުން ހޯދާފައި ވަނީ ތާރީޚީ ކާމިޔާބީއެކެވެ. 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ދިވެހި ރާއްޖެ ތަމްސީލު ކުރި އެތްލީޓުން ޖުމުލަ 15 މެޑަލް ހޯދާފައިވާއިރު، މި އަހަރުގެ މުބާރާތުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހިތްވަރުގަދަ އެތްލީޓުން ޤައުމަށް އެނބުރި އަންނަނީ ޖުމުލަ 28 ގެޑެއްޔާ އެކުގައެވެ. އެއީ، 5 (ފަހެއް) ރަން މެޑެއްޔާއި، 9 (ނުވައެއް) ރިހި މެޑެއްޔާއި، އަދި 14 (ސާދަ) ލޮއި މެޑައްޔެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް