ދިވެހިރާއްޖެއިން އެ މު 5 ރަން މެޑަލްއާއެކު ޖުމްލަ 28 މެޑަލް ހޯދާފައިވަނީ، ވަރަށް ގިނަ ބައެއްގެ ވަރަށްވެސް ގިނަ ވަގުތާއި ބުރަ މަސައްކަތުންކަން އެކޯލިޝަނުން ޤަބޫލު ކުރާކަމަށް ބުނެފައެވެ.
ކާމިޔާބީގެ ފަހަތުގައި މަސައްކަތް ކުރި އެންމެހާ ފަރާތްތައް ހިމެނޭހެން ކުޅުންތެރިންނާއި ކޯޗުންނާއި ޓެކްނިކަލް ސްޓާފުން، އެސޯސިއޭޝަންތައް އަދި ބެލެނިވެރިންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބުރަ މަސައްކަތުގެ އަގު އެ ކޯލިޝަނުން ވަޒަންކުރާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ކޯލިޝަނުން ބުނީ އެ ކާމިޔާބީއަށް ވާސިލުވުމަށްޓަކައި ދިވެހި ކުޅުންތެރިންނަށް މަސައްކަތްކޮށްދީ ހިތްވަރުދީ އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށާއި ދިވެހި ކުޅިވަރަށް އިތުރު ތަރައްޤީއާއި ކުރިއެރުމަށް އެ ކޯލިޝަނުން އަބަދުވެސް އުންމީދު ކުރާކަމަށެވެ.