ads
މޭސަން ގްރީންވުޑަށް ހޫނު މަރުހަބާއެއް ކިޔުން
ގްރީންވުޑްއަށް ގެޓާފޭއިން ހޫނު މަރުހަބާއެއް
ލޯނު އުސޫލުން ގެޓާފޭއަށް ބަދަލުވި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑަށް، ގެޓާފޭއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ގެޓާފޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާއަށް މަރުހަބާ ކިއުމަށް ޓީމުގެ ފަރިތަކުރުމަށް ގޮސްފައެވެ. އޭނާއަށް މަރުހަބާކީ ގެޓާފޭއާއެކު ފުރަތަމަ ކުރި ފަރިތަކުރުމުގައެވެ. މިހާތަނަށް އެޓީމާއެކު ގްރީންވުޑް މެޗެއް ކުޅެފައެއް ނުވެއެވެ. 

ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާއަށް ސަޕޯޓުކޮށް، ތަފާތު އެކި ޕޯސްޓަރުތައް ދަނޑަށް ގެންގޮސްފައެވެ. މީގެ އިތުރުން ބައެއް ސަޕޯޓަރުން ވަނީ އޭނާގެ ޖާޒީއަށްވެސް އެދިފައެވެ. 

2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ގްރީންވުޑަށް ކުރި ތުހުމަތުތަކާއެކު އޭނާ ވަނީ ޖަލަށް ލާފައެވެ. އޭނާއަށް ތުހުމަތުކޮށްފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ޖިންސީ ގޯނާކުރި ހަމަށެވެ. މި މައްސަލައާއި ހުރެ އޭނާގެ ކެރިއަރަށް ބޮޑު ގެއްލުމެއްވިއެވެ. ޔުނައިޓެޑުގެ ޓީމުންވެސް އޭނާ ހުރީ ބާކީ ކޮށްފައެވެ.

ކްލަބުގެ އެތެރޭގެ ތަހުގީގެއް ހަމަސް ދުވަހުގެ މުއްދަތައް ހިންގުމަށްފަހު ޔުނައިޓެޑުން ވަނީ ގްރީންވުޑް ގެޓާފޭއަށް ލޯނު އުސޫލުން ދޫކުރަން ނިންމާ، މިދިޔަ މަހު އެކަން އިއުލާނު ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް