ads
ޔާމީން ހައިކޯޓުގެ ޝަރީއަތުގައި
އިންތިހާބަށް 3 ދުވަސް، ޔާމީން އަނެއްކާވެސް ކޯޓަށް
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑު އެހުމެއް މާދަމާ މެންދުރު ފަހު އަނެއްކާވެސް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ހައިކޯޓުގައި ޔާމީންގެ މައްސަލަ އޮންނާނީ މާދަމާ ދޭއް ޖަހާއިރުއެވެ. މާދަމާގެ އަޑު އެހުމުގައި ފުރަތަމަ އޮންނާނީ، ދައުލަތުން އެންމެ ފަހުން އޮތް ދުވަހު ދެއްކި ވާހަކަތަކަށް ޔާމީންގެ ފަރާތުން ޖަވާބުދާރީވުމެވެ. އެންމެ ފަހުން އޮތް އަޑު އެހުމުގައި ދައުލަތުން ބުނެފައިވަނީ އާރަށުގެ މައްސަލައިގައި، ރައީސް ޔާމީންގެ ދިފާއީ ހެކިން، ޝަރީއަތުގައި ދައްކާފައިވަނީ ހުސް ހަމަ ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.

ޔާމިންގެ ވާކަތަކަށް ރައްދު ދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ހިތްޕުޅާނުވީމާ އެއީ ދޮގެއް ކަމަށް ބަލައިގެން ހެކިބަސް އެއްފަރާތް ކުރަން ދަށު ކޯޓުން ހުކުމް ކުރެއްވި ފަނޑިޔާރު ނުނިންމަވާ ކަމަށެވެ. އަދި ފަނޑިޔާރު ބެއްލެވީ ހެކިބަހުގައި ހުރި ފުށޫއެރުންތަކަށް ވުރެ ބޮޑަށް ހެކިބަހުގައި ހުރި ބުއްދި ހަމަނުޖެހޭ ދެކޮޅުނުޖެހޭ ވާހަކަތަކަށް ކަމަށެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އިއްވިއެވެ.

42%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
58%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް