ކުޅުންތެރިންނަށް މަރުހަބާ ކިއުން އޮތީ މިރޭ، ޖުމްހޫރީ މައިދާނުގައެވެ. މި ކުޅުންތެރިންނަށް މުރުހަބާ ވިދާޅުވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފްގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެސަރަހައްދަށް ގޮސްފައެވެ.
މީގެ އިތުރުން، ކުޅުންތެރިންނަށް މަރުހަބާ ކިއުމުގެ ގޮތުން މިރޭ ވަނީ ހަވާ އަރުވާފައެވެ. މަޑަގަސްކަރާގައި އޮތް މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ މިހާތަނަށް ނުހޯދާ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ރާއްޖެއިން މުބާރާތުގައި ބައިވެރިވި އެތުލީޓުން ވަނީ ޖުމްލަ 28 މެޑަލް ހޯދާފައެވެ. އެއީ ފަސް ރަން މެޑަލްގެ އިތުރުން ނުވަ ރިހި މެޑައްޔާއި 14 ލޯ މެޑަލްއެވެ.