ads
ގާސިމު މިރޭ ތިނަދޫގައި ވާހަކަ ދައްކަވަނީ---ފޮޓޯ:އެމްޑީޕީ
ކާޑެއްދޫ އެއާޕޯޓާއި ހޯޑެއްދޫ ފެކްޓްރީ ދޫކޮށްލަން ތައްޔާރު: ގާސިމު
ކާޑެއްދޫ އެއާޕޯޓާއި ހޯޑެއްދޫގައި މަސްފެކްޓްރީއެއް ހިންގަން ދީފައިވާ ސަރަހައްދު އެއްވެސް ބަދަލަކާ ނުލައި ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމު އިބްރާހީމު ވިދާޅުވެއްޖެއެވެ.
Advertisement

ގދ.ތިނަދޫގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ އިންތިހާބުގައި ވާދަ ކުރާ ބައެއް ކެންޑިޑޭޓުން ގދ.އަށް ވަޑައިގެން އެއާޕޯޓު އަތުލާނެ ވާހަކަ ދައްކާ ކަމަށެވެ. 

ގާސިމު ވިދާޅުވީ ރައްޔިތުން ބޭނުންވާ ނަމަ އެއްވެސް ބަދަލަކާ ނުލައި ކާޑެއްދޫ އެއާޕޯޓާއި، ހޯޑެއްދޫގެ ފެކްޓުރީ ވެސް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށެވެ. ގާސިމު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާއި ހޯޑެއްދޫ ފެކްޓަރީއަކީ ގެއްލުންވާ ތަންތަން ކަމަށެވެ. ނަމަވެސް އެތަންތަނުގައި މިހާރު ވެސް ވަޒީފާ ދީފައި މީހުން ތިބޭނެ ކަމަށާއި އެއިން އެއްވެސް މީހަކަށް ވޯޓު ހޯދަން ދުވަހަކު ވެސް މަޖުބޫރުކޮށްފައި ނުވާނެ ކަމަށް ގާސިމު ވިދާޅުވިއެވެ. 

ގާސިމު ވިދާޅުވީ އެއާޕޯޓާއި ފެކްޓްރީ ހިލޭ ދޭން ސަރުކާރުން އެދުނަސް ދޫކޮށްލައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް ކާޑެއްދޫއާއި މަސްފެކްޓްރީ އަތުލަން ވާހަކަ ދައްކަމުންދަނީ އިހުލާސްތެރިކަމެއް ނެތި ކަމަށާއި، ބޭނުންވަނީ އެތަންތަން ބޭނުން ކޮށްގެން ވެސް ނުފޫޒު ފޯރުވުން ކަމަށް ގާސިމު ވިދާޅުވިއެވެ. 

ސަރުކާރަށާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ ބޭސްފަރުވާ ވެސް ރައްޔިތުންނަށް ފުރަތަމަ ހިލޭ ދޭން ފެށީ ގާސިމު ކަމަށެވެ. ސަރުކާރުން އެކަން ފެށީ އަދި މާފަހުން ކަމަށާއި، މަތީ ތައުލީމަށް ދޭ ސްކޮލާޝިޕު ވެސް ފުރަތަމަ ދޭން ފެށި އަމިއްލައަށް ކަމަށް ގާސިމު ވިދާޅުވިއެވެ. 

ގާސިމު ވިދާޅުވީ އިސްލާހީ މަސައްކަތުގައި ވެސް ދެގޮތެއް ނުވެ ރާއްޖޭގައި ސާބިތުވެ ހުރީ އޭނާ އެކަނި ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށް ވެރިކަން ކުރާ އެމްޑީޕީއާއި، ޕީޕީއެމު ވެސް އުފެއްދުމުގައި ބައިވެރިވެފައިވާނެ ކަމަށް ގާސިމު ވިދާޅުވިއެވެ. އެމްޑީޕީން އުފެއްދުމުގެ އިތުރުން ފުރަތަމަ ކޮންގްރެސް ބޭއްވުމާއި އެ ޕާޓީގެ އޮފީސް ހިންގަން ވެސް ހަރަދު ދެއްވި ކަމަށް ގާސިމު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް