"އައިއޯއައިޖީގައި ހޯދި ފަހުރުވެރި ކާމިޔާބަށް ތިޔަ ހުރިހާ އެތުލީޓުންނަށްވެސް މަރުހަބާ ކިޔަން. މިއީ ތިޔަ އެތްލީޓުންނަށާއި ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް. ސްޕޯޓްސް ސްކޮލާޝިޕް އެހީގައި ހޯދި ކާމިޔާބުގެ ބައިވެރިވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނީ އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާ އެކު ރާއްޖޭން ބޭރުގެ ހައި ޕަފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެން ދިޔަ ކަމަށެވެ. ސްޕޯޓްސް ސްކޮލާޝިޕަށް ހޮވުނު އެތުލީޓުންގެ ތެރެއިން ހަ އެތުލީޓަކު އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.
ސްކޮލާޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން: