ads
މިނިސްޓަރު މަހްލޫފު، ބައްސާމްއާއެކު
ޒުވާން ޓީމަށް ނުފުރުނު މައްސަލައިގެ ޒިންމާނަގާކަށް ނުޖެހޭނެ: މިނިސްޓްރީ
އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރާ 23 އަހަރުން ދަށުގެ ދިވެހި ގައުމީ ފުޓްބޯޅަ ޓީމު، މުބާރާތުގައި ކުޅެން ދަތުރުކުރާނެ ފައިސާ ހަމަ ނުޖެހިގެން މުބާރާތުން ވަކިވުމުގެ ޒިންމާ ކުޅިވަރު މިނިސްޓްރީން ނަގަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފިއެވެ.
Advertisement

އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ހިމެނިފައި އޮތީ އިންޑީޔާއާ، ޗައިނާ އަދި ޔޫއޭއީއާއެކު ގްރޫޕް ޖީގައެވެ. މި ގްރޫޕްގެ މެޗުތައް ޗައިނާގައި ކުޅެން ހަމަ ޖައްސާފައިވާއިރު، ރާއްޖޭން ކުޅެން ޖެހޭ ފުރަތަމަ މެޗު މިއަދު އިންޑިޔާއާ ދެކޮޅަށް ކުޅޭ ގޮތަށް އޮއްވާ ރާއްޖޭންވަނީ މުބާރާތުން ވަކިވެފައެވެ. 

މުބާރާތުން ދިވެހި ޓީމު ވަކިވާން ޖެހުނު ސަބަބާ ގުޅޭ ގޮތުން އެފްއޭއެމުން ބުނީ، މިދިޔަ މަހުގެ ހަތްވަނަ ދުވަހު، މި މެޗުތަކާ ގުޅޭ މައުލޫމާތު ޔޫތު މިނިސްޓްރީއާ ހިއްސާކޮށް ޓިކެޓްގެ ހަރަދުތަކާއި އެހެނިހެން މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ ފައިސާގެ އިންތިޒާމްތައް ފަހުވަގުތާ ހަމައަށް އެފްއޭއެމަކަށް ހަމައެއް ނުޖެއްސުނެވެ. 

އެކަންތަކާ ގުޅިގެން ކުޅިވަރު މިނިސްޓްރީން މިއަދު ބުނީ، އެ ފައިސާ ހަމަ ނުޖެހުމުގެ ޒިންމާ މިނިސްޓްރީން ނަގަން ނުޖެހޭނެ ކަމަށެވެ. 

2023 ވަނަ އަހަރު ބައިވެރިވާން ޖެހޭ ބައިނަލްއަގްވާމީ މުބާރާތްތައް އެންގުމަށް ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް 2022 ވަނަ އަހަރު ވާނީ އަންގާފައި. 23 އަހަރުން ދަށް، އަދި 16 އަހަރުން ދަށުގެ ޓީމުތައް ފުރާކަންވެސް އަންގާފައިވަނީ މިދިޔަ މަހު. ހަމަ އެހެންމެ، ކޮލިފިކޭޝަން މެޗުތަކުގެ ހަރަދަކީ ފީފާ އިން ފުޓްބޯޅަ އެސޯސިއޭޝަންތަކަށް ހަމަޖައްސާ ހަރަދެއް ކަމުން، މިކަމުގެ ޒިންމާ ޔޫތު މިނިސްޓްރީގެ ފަރާތުން އުފުލަން ޖެހޭނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށްލަން - މިނިސްޓްރީ

މިނިސްޓްރީގެ އެހީއާ ނުލައި ޓިކެޓްގެ އަގަށްވާ މިލިއަނެއްހާ ރުފިޔާ ފަހު ވަގުތު އެފްއޭއެމަށް ހޯދުނު ނަމަވެސް ފައިސާ ލިބުނުލެއް ލަސްވުމުން ދަތުރުގެ އިންތިޒާމްތައް ހަމަ ނުޖެހުނު ކަމަށް އެފްއޭއެމުން ބުންޏެވެ. ފަހު ވަގުތު ފައިސާ ހަމަ ޖެހުމުން މާދަމާ އިންޑިޔާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސް ކުރަންވެސް އެފްއޭމުން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން އެ ގޮތަށް ނުވުމުން އެންމެ ފަހު ވަގުތު މުބާރާތުން ވަކިވީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް