މިކަން ހާމަކޮށް، ސަރުކާރު ކުންފުނިތައް ބަލަހައްޓަވާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން އިން އަހުމަދު އަދުހަމަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ގާނޫނު ނަމްބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރ ކޮށް އިވަލިއުއޭޓް ކުރުމުގެ ގާނޫނޫ) ގައިވާ ގޮތުގެ މަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑު މެމްބަރު ކަމުންނާއި އަދި ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރުގެ މަގާމުން، މިއަދުން ފެށިގެން އަހުމަދު އަދުހަމް ވަކިކޮށްފައިވާކަމަށެވެ.
އަހުމަދު އަދުހަމް މަގާމުން ވަކިކުރިއިރު، އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ދަ ޑިމޮކްރެޓްސް ޕާޓީއާގުޅިގެންކަމަށް ވެސް މައުލޫމާތުލިބެއެވެ.