ads
އެޑިއުކޭޝަން މިނިސްޓަރު ބައެއް ޓީޗަރުންނާއެކު
ޑިގްރީ ހެދި ޓީޗަރުންގެ ރޭންކް މަތިވާ ގޮތަށް ހަދައިފި
ވަޒީފާގައި ތިބެ، ޑިގްރީ ނިންމި ޓީޗަރުންގެ ރޭންކް މަތިކޮށް އެކަމާ ބެހޭ މިންގަނޑު، ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ފޮނުވި ސިޓީގައި ބުނީ ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާވިސް ރޭންކް 5 ގައިވާ ޓީޗަރުން ޑިގްރީ ހާސިލުކުރުމުން ޕަބްލިކް ސާވިސް 7 އަށް ބަދަލުކުރުމުގެ މިންގަނޑު އެ ސިޓީއާ އެކު ފޮނުވާފައިވާނެ ކަމަށެވެ. އެ މިންގަނޑާ އެއްގޮތަށް ސްކޫލްތަކުގެ ސްޓާފް ރިކުއާމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެ ބަދަލުތައް ފާސްކުރަން، އެކޮމިޝަނަށް ހުށަހަޅަން ވެސް ސިޓީގައި އެދިފައި ވެއެވެ. 

މީގެ އިތުރުން ރިކުއާމަންޓް ފާސްވުމުން އެ މިންގަނޑުގެ ތެރެއިން އުފައްދަންޖެހޭ މަގާމުތައް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅައި، މަގާމުތައް އުފެއްދުމުން، ސެޕްޓެމްބަރު މަހު ތެރޭގައި އިންޓާނަލީ އިއުލާނުކޮށް، ޓީޗަރުންގެ މަގާމު ބަދަލުކުރުމުގެ މަސައްކަތް ސްކޫލްތަކާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށް ގެންދިއުމަށް އެދޭކަމަށް ވެސް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރު މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަންގެ ދަށުން، މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، މުސާރަ ބޮޑުކުރި ނަމަވެސް، މަގާމުތަކަށް ކަނޑައެޅިފައިވާ މުސާރައާއެކު، ޓީޗަރުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް، ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނަން ޓީޗަރުންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް މިއައި ބަދަލާއެކު، ވަޒީފާގައި ތިބެ، ޑިގްރީ ހާސިލްކޮށްފައިވާ ޓީޗަރުންނަށް، މަގާމުގެ ކުރިއެރުމާއި އަދި މުސާރައިގެ ކުރިއެރުން ލިބެން ކުރިން ހުރަހަކަށްވެފައިވާ 2 އަހަރު ދުވަސް ދެން މަޑުކުރާކަށް ނުޖެހޭނެއެވެ.

ޑިޕްލޮމާއާ އެކު ސްކޫލްތަކަށް ނުކުތް ޓީޗަރުންގެ މިހާރުގެ ރޭންކް ކަމަށްވާ "ރޭންކް 5" އަށް މިހާރު މުސާރައިގެ ގޮތުގައި ދެނީ 13،266ރ. އެވެ. ޑިގްރީ ފުރިހަމަކޮށް، އެ ޓީޗަރުން ރޭންކް 7 އަށް ބަދަލުވުމުން މުސާރައިގެ ގޮތުގައި 19،467ރ. ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް