ads
އެލެގްޒެންޑަ ޑައުނަ---
އޮސްޓްރޭލިޔާގެ ހާރިޖީ ވަޒީރެއްގެ ތައުރީފު ރައީސް ސޯލިހަށް
އޮސްޓްރޭލިއާގެ ކުރީގެ ހާރިޖީ ވަޒީރު އެލެގްޒެންޑަރ ޑައުނަ ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށް ތައުރީފު ކުރައްވައިފިއެވެ.
Advertisement

އޮސްޓްރޭލިއާގެ ލިބަރަލް ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާފައިވާ ޑައުނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ޒައާމަތުގެ ދަށުން ރާއްޖެ ހަމަޖެހިލައި، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ. 

ޑައުނަ ވަނީ ރައީސް ސޯލިހު ކުރައްވާފައިވާ ބައެއް ކަންތައްތައް ވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ޑިމޮކްރަޓިކް ވެރިކަމަކަށާއި ބައިނަލު އަގުވާމީ ގުޅުންތަކަށް ރައީސް ސޯލިހު އިސްކަން ދެއްވި ކަމަށާއި ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ކޮމަންވެލުތުގެ މެންބަރުކަން އަލުން ލިބިފައިވާ ކަމަށް ޑައުނަ ފާހަގަ ކުރެއްވިއެވެ. 

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް ސޯލިހު ގެންނެވި އިންގިލާބީ ބަދަލެއް ކަމަށާއި، 10 އިންސަތަ ސާވިސް ޗާޖާއެކު ޓޫރިޒަމު އިންޑަސްޓްރީގެ މުވައްޒަފުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ޑައުނަ ވިދާޅުވެފައިވެއެވެ. 

އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ހިލޭ ޑިގުރީ ޕްރޮގުރާމު ފަށާފައިވާ ކަމަށާއި މުދައްރިސުންގެ މުސާރަތައް 56 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށް ވެސް ޑައުނަ ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ރާއްޖެއަކީ ވިހެއުމުން އަންހެނުންނަށް ހަމަހުގެ ޗުއްޓީއެއްދޭ، އަދި ފިރިހެން މީހާއަށް އެއް މަހުގެ ޗުއްޓިއެއްދޭ ހަމައެކަނި އިސްލާމީ ގައުމު ކަމަށް ވެސް ޑައުނަ ވިދާޅުވެފައިވެއެވެ. 

އޭގެއިތުރުން ވެސް 21 ގަރުނަށް ފެތޭ ގޮތަށް ގާނޫނުތަކަށް އެތައް ބަދަލުތަކެއް ގެންނަވަމުން ގެންދާ ކަމަށް ވެސް ޑައުނަ ވަނީ ވިދާޅުވެފައެވެ. 

ޑައުނަވަނީ އިންތިހާބުގައި ވޯޓުލާން ދާއިރު ދިވެހި ރައްޔިތުން އައިސްފައިވާ ހެޔޮ ބަދަލުތަކާއި މެދު ވިސްނާ އަނެއްކާ ވެސް ރަނގަޅު ލީޑަރޝިޕަކާ ގައުމު ހަވާލު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ. 

ޑައުނަ ވަނީ އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރުކަމުގެ އިތުރުން އެ ގައުމުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ވެސް ކުރައްވާފައެވެ. ޑައުނަ  މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިކޮނޮމިކްސް އާއި ޑިޕްލޮމެސީ ދާއިރާގެ ޕްރޮފެސަރެއްގެ ގޮތުގައެވެ. 

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް